މިއަދު ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުމަތީގެ ގިނަ ޙާދިސާތަކެއް ހިނގާފައިވާ ކަމަށް ޤައުމީ ދިފާއީ ބާރުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މިއަދުގެ މިވަގުތާ ހަމައަށް ކަނޑުމަތީގެ 6 ހާދިސާއެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެގޮތުން 9 ފަތުރުވެރިންނާ 5 ފަޅުވެރިންނާއެކު ދަތުރުކުރި 'ކޮޅުލިޔާ' ނަމަކަށްކިޔާ ސަފާރީ ތ. ތިމަރަފުށީ އެއަރޕޯޓް ބީޗަށް ވަނީ ލައްވެފައެވެ. އަދި އޭގައި ތިބިމީހުން ސަލާމަތްކޮށް އެރަށު ގެސްޓްހައުސް އަކަށް ގެންގޮސްފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ތ.އަތޮޅު ތެރެއިން ބާޖެއް ކަފު ޖަހައިގެން ދަތުރުކުރި ޓަގު ބޯޓެއް މޫސުން ގޯސްވެ ވައު ކަނޑައިގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ. މިވަގުތު ބާޖު އޮތީ ގ. ގުރައިދޫ ކައިރިއަށް ބީހިފައި ކަމަށާއި ޓަގު ބޯޓް އޮތީ އެސަރަހައްދުގައި އެންކަރުކޮށްގެން ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
ހަމައެއާއެކު 'ފިޝްމަން' ކިޔާ މަސް ދޯންޏެއް ލ. އަތޮޅަށް ދަތުރުކުރަނިކޮށް ލ. ހިތަދޫގެ 23 މޭލު ބޭރުން ދިޔަވާކަމަށް ރޭ 03:20 ހާއިރު އެމްއެންޑީއެފަށް ރިޕޯޓު ކުރުމުން އެމްއެންޑީއެފްގެ ފާސްޓް އިންޓަރ ސެޕްޓަރ ކްރާފްޓްގެ ބެލުމުގެ ދަށުން އެދޯނި މިހާރު ވަނީ ލ. ހިތަދޫ ބަނދަރަށް ވަދެފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އަދި ހަމައެހެންމެ 6 މީހުންނާއެކު ދަތުރުކުރި ބިނާ ކިޔާ ސަޕްލައި ދޯނި ލ. ހިތަދޫގެ 11 މޭލު ބޭރުން އިންޖީނު ހުއްޓި ދިޔަވާތީ އެމްއެންޑީއެފްގެ ފާސްޓް އިންޓަރ ސެޕްޓަރ ކްރާފްޓްގެ ބެލުމުގެ ދަށުން އިތުރު ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން ދަތުރު ކުރަމުންދާކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ދީފައެވެ.
އެމްއެންޑީއެފުން ބުނީ 10 މީހުންނާއެކު ދަތުރުކުރި ސައުތު އެކްސްޕްރެސް ދޯނިވެސް ދިޔަވުމާ ގުޅިގެން ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު ހެނދުނު 09:00 ހާއިރު ލ.މާމެންދޫ ބަނދަރަށް ވައްދާފައިވާ ކަމަށެވެ.
އަދި ފާގަަތި ނަމަކަށް ކިޔާ 80 ފޫޓުގެ ދޯންޏަށް ދިޔަވާތީ ސެންޓްރަލް އޭރިއާ ކޮމާންޑް ދ.ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށާއި ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއަކަށް އަނިޔާވެ އިތުރުފަރުވާއަށް ފ.ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ކަނޑުމަތީގެ ގިނަ ޙާދިސާތަކެއް މިއަދު ހިނގާފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވާއިރު އިއްޔެވެސް ރާއްޖޭގެ އެކިހިސާބުތަކަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިއަދުގެ މޫސުންވެސް ރަނގަޅު ނުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު