ރައީސް ޔާމީންގެ ވެރިކަމުގައާއި މިވެރިކަމުގައި ރައްޔިތުންނަށް ކަންކަން ވެފައިވާގޮތާއި ވަމުންދާ ގޮތްފެނި ކުރިން ރައީސް ޔާމީނަށް އޮތް ތާއީދު މިހާރު މާބޮޑަށްވެސް އިތުރުވެފައިވާކަމަށް އިދިކޮޅު ކޯލުޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ތަރައްޤީއާއި ކުރިއެރުންކަމަށެވެ. މިސަރުކާރު ވެރިކަމާއި ހަވާލުވެ މިވީ މުއްދަތުގައި ތަރައްޤީގެ އެއްވެސް ކަމެއް ނުުރޭވި ވީ އެއްވެސް ވައުދެއް ނުފުއްދުމުން ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އިންތިހާއަށް މިސަރުކާރަށް ކުރިމަތި ވެފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ރައްޔިތުންނަށް ކަންކަން ވެފައިވާ ގޮތް ވަރަށްބޮޑަށް ހާމަވަމުންދާކަމަށެވެ. ރައީސް ޔާމީން މިޤައުމަށް ގެނެސްދެއްވި ތަރައްޤީއާއިއެކު އެމަނިކުފާނަށް އޮތް ތާއީދު ކުޑަކޮށް އެމަނިކުފާނުގެ ފިކުރު ނައްތާލުމަށް ޖަލަށްލިނަމަވެސް އެކަން މިސަރުކާރަށް ނުކުރެވުނުކަަމަށެވެ. ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ އެންމެ ގަދަޔަށް ދެއްކި ބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަގަށް ގޮވައި ގައުމު ލޫޓުވަމުންދާތަން ދިވެހި ރައްޔިތުންނަށް ފެންނަމުންދާކަމަށް އަދުރޭ ވިދާޅުވިއެވެ.

ވައްކަމަކީ ޒީރޯ ޓޮލަރެންސްކަމަށް ވިދާޅުވެ ހަރުބަސް ވިދާޅުވި ބޭފުޅުން މިއަދު އެކަންކަމުގެ ތެރޭގައި ތާށިވެފައިވާތަން ފެންނަމުން ދާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިއަދު ރައީސް ޔާމީން ނުހައްގުން ޖަލައްލައި ދޭ އަނިޔާތަކުގެ ސަބަބުން އެމަނިކުފާނަށް ރައްޔިތުންގެ ތާއީދާއި ލޯބި އިންތިހާއަށް އިތުރުވަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާދަމާ ވޯޓެއް ލިޔަސް ރައީސް ޔާމީން އެ އިންތިހާބެއް ބޮޑުތަނުން ކާމިޔާބް ކުރައްވާނެކަމަށެވެ.

ރައީސް ޔާމީން ޖަލުގައި ގެންގުޅެނީ އަނިޔާވެރިކޮށް ކަމަށް އިޝާރާތް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުންވެސް އެމަނިކުފާނު މަހުރޫމްކޮށްފައި ވާކަމަށެވެ. މިކަންކަމުން މިސަރުކާރު ރައީސް ޔާމީންދެކެ ޖެހިލުންވާ މިންވަރު ހާމަވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިސަރުކާރުން ރައްޔިތުންގެ ތަރައްގީއަށް ކަމެއް ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން ބުނަމުންދަނީ ބަޖެޓްކޮށްފައިވާ އެއްވެސް މަޝްރޫޢެއް ނުހުއްޓި ކުރިއަށް ދާކަމަށެވެ. އަދި ރަށްރަށުގެ ތަރައްގީއަށް ރޭވިފައިވާ ގިނަ މަޝްރޫޢުތަކެއް ނިމި އަދި ގިނަ މަޝްރޫތައް ވަރަށް ބާރަށް ކުރިއަށް ދާކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ރޭވިފައިވާ ބޮޑެތި މަޝްރޫޢުތަކާއި ޞިއްހީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ ތަރައްގީގެ ގިނަ މަޝްރޫޢުތައް ކުރިއަށްދާ ކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-8

މުހަންމަދު

18-Aug-2020

ވޯޓުން ކުރިންވެސް ހޮވިފަ އޮތީ އަދިވެސް ހޮވޭނެ އެކަމު މިޖަނަވާރު ވެރިކަމުން އެހެން ބަޔަކަށް ލިބޭނެހެން ހީވޭތޯ؟؟


4

މުހަންމަދު

18-Aug-2020

ވޯޓުން ކުރިންވެސް ހޮވިފަ އޮތީ އަދިވެސް ހޮވޭނެ އެކަމު މިޖަނަވާރު ވެރިކަމުން އެހެން ބަޔަކަށް ލިބޭނެހެން ހީވޭތޯ؟؟


16

ރަހީމް

17-Aug-2020

ތިހެންބުނިކުރިންވެސް


3

ބަނޑޭރި

17-Aug-2020

އެއްމެ އަވަހަށްވެސް ދެންއޮންނަނީ ކައުންސިލް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އިތިޚާބް. އެއިންތިޚާބުގަ ތިބުނާ ނަތީޖާނެރެ ކުޅިވަރު ދައްކާލަ ބަލަ.


-3

ފަރާ

17-Aug-2020

ވަގުންނަކަށް މިގައުމުގައި ޖާގައެއް ނެތް..... ވަރަށް ސަލާމް ޔާމީން........


4

ހުސްނާ ހުސައިން

16-Aug-2020

ބޮޑުތަނުން ފެތޭނީ ހުވަފެނުގަ ވަގުންތައް


-1

ޒަރީރު

16-Aug-2020

ވަގުންތައް ގައުމު ދަވާލި ހަނދާން ނެތޭހާ ދުވަހެއް ނުވޭ


0

ޖައުފަރު

16-Aug-2020

އަޅެ ތިޔައީ އަޅުގަނޑުމެންވެސް ފިސާރިދެކެން ބޭނުން މަންޒަރެއް އެކަމަކު އިންތިހާބެއް ބޭއްވިޔަސް އެމަނިކުފާން އަށް ބައިވެރިވެ ވަޑައިންނެވޭނީ ކުށްތަކުން މިންޖުވެ ސައުފުވެގެން ނޫންތޯ ޖަލު ހުކުމް ވެސް ދައުލަތަށް ދައްކަވަން ޖެހޭފައިސާ ވެސް ދައްކަވައި ހަލާސް ކުރެއްވީމަ ނޫންތޯ ތަނަކަށް އަދި ކުރިމަތި ލެވޭނީވެސް އެފައިސާ ނުދައްކަވާ ދިގުދައްމަވަނީ ކީއްވެގެންތޯ ޤައުމަށް އިހުލާސްތެރިއްޔާ އެފައިސާ ދައްކަވަން ވީ ނޫންތޯ



ޓްރެންޑިން