ރަށްރަށުގެ ކައުންސިލްތަކުގައި "ކަތީބުން" ބޭތިއްބުމަށް ސަރުކާރުން ރާވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު، ވައްޑެ ތުހުމަތު ކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ރާއްޖެ ލާމަރުކަޒީ ވިޔަނުދީ، އެކަށޭނަ ބާރެއް އިހުތިޔާރެއް ރަށްރަށަށް ނުދީ ތިބެ ލާމަރުކަޒީ ނިޒާމުގެ އަގު ވައްޓާލައި އަލުން އައްޔަނުކުރާ ކަތީބުން ބައިތިއްބަން ރާވާ ރޭވުންތަކާމެދު ސަމާލުވާންޖެހޭ ކަމަށެވެ.
މުޙައްމަދު ވަޙީދު މިހެން ވިދާޅުވެފައި މިވަނީ ކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން ހާމަ ކުރައްވާފައިވަނިކޮށެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ، އެވަރެޖު އާބާދީއެއް އޮންނަ ރަށްރަށުގައި ކައުންސިލްތަކުގައި 3 މެންބަރުން ތިބުމުން ފުދޭނެކަމަށެވެ. އަދި ކަންކަން ކުރެވޭނީ ތިބޭ ކައުންސިލަރުންގެ އަދަދުން ނޫންކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ލާމަރުކަޒީ ވިޔަނުދީ، އެކަށޭނަ ބާރެއް އިޚުތިޔާރެއް ރަށްރަށަށް ނުދީ ތިބެގެން ލާމަރުކަޒީ ނިޒާމުގެ އަގު ވައްޓާލައި، އަލުން އައްޔަނުކުރާ ކަތީބުން ބައިތިއްބަން ރާވާ ރޭވުންތަކާމެދު ސަމާލުވާންޖެހޭ!
— Waddey (@waddey_) August 6, 2024
މުޙައްމަދު ވަޙީދު މިހެން ވިދާޅުވެފައި މިވަނީ ކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން ހާމަ ކުރައްވާފައިވަނިކޮށެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ، އެވަރެޖު އާބާދީއެއް އޮންނަ ރަށްރަށުގައި ކައުންސިލްތަކުގައި 3 މެންބަރުން ތިބުމުން ފުދޭނެކަމަށެވެ. އަދި ކަންކަން ކުރެވޭނީ ތިބޭ ކައުންސިލަރުންގެ އަދަދުން ނޫންކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު