ވެލާނާ އިންޓަރނޭޭޝަނަލް އެއަރޕޯރޓް
ވެލާނާ އިންޓަރނޭޭޝަނަލް އެއަރޕޯރޓް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ފިއުލް ސްޓޯރޭޖު ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މިއަދު ނިޔާވެެއްޖެއެވެ.

މިދިޔަ ހަފްތާގެ ހޯމަދުވަހުގެ އިރުއޮއްސުނު ވަގުތު، ހިނގި މި އަލިފާނުގެ ހާދިސާގައި ފިހިފައި ވަނީ، އެމްއޭސީއެލްގެ މުވައްޒަފެކެވެ. އޭނާ ނިޔާވިކަން އެމްއޭސީއެލްއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އަލިފާނުގެ ހާދިސާ އާއި ގުޅިގެން ލިބުނު ޒަޚަމްތަކަށް އޭނާއަށް ފަރުވާދެމުން އައީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

އެމްއެންޑީއެފުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ފިއުލް ސްޓޯރޭޖު ސަރަހައްދުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، މި އޮގަސްޓް މަހުގެ 10 ވީ ހޯމަ ދުވަހުގެ އިރުއޮއްސި 18:15 ހާއިރު ކަމަށެވެ. އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެތަނުގައި ރޯވި އަލިފާން ކުޑައިރުކޮޅެއްގެ ތެރޭގައި ނިވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


16

ާސަލީމް

17-Aug-2020

އެއްވެސް ނޫހެއްގައި މަރުވި މީހާގެ ނަމެއް ނެތް.



ޓްރެންޑިން