ރައްޔިތުންގެ މަޖިލީހުގައި މަތި ގެއަކާއި ދަށު ގެއެއް ބޭއްވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުން މަޖިލީހަށް ޚިޔާލު ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދަދު ހިފެހެއްޓުމަށް ވެރިކަންކުރާ ޕީއެންސީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ޚިޔާލު ހުށައަޅުއްވަމުން މަޖިލީހުގެ ކޮމިޓީގައި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން މިއަދު ވިދާޅުވީ މެންބަރުން އަދަދު ހިފެހެއްޓުމަށް އެ ޕާޓީން އަބަދުވެސް ތާއީދުކުރާ ކަމަށެވެ.
ފާރިސް ވަނީ މަޖިލީހުގައި މިހާރު ހިމެނޭ 93 މެންބަރުން އަދަދަކީ ވެސް ބޮޑު އަދަދެއް ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު މަޖިލީހުގެ ދާއިރާތައް ކަނޑައަޅާއިރު ޢާއިލީ ނުފޫޒުތަކަށް ޖާގަ ނުލިބޭގޮތަށް އިންސާފުވެރިކަމާއެކު އެކަން ކުރުމަކީ މުހިއްމު ކަމެއްކަން ފާރިސް ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ފާރިސް ހުށަހެޅުއްވީ މަޖިލިސް ބައިކެމަރަލް ތަނަކަށް ހެދުމަށެވެ. އޭރުން މަޖިލީހުގައި މަތި ގެއަކާއި ދަށު ގެއެއް އޮންނާނެ އެވެ. އޭގެ އިތުރުން ފަންނީ ބޭފުޅުންނާއި އަންހެނުންނަށް ކޯޓާއެއް ހާއްސަ ކުރަންވެސް ފާރިސް ހުށައަޅުއްވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ޢަދާލަތު ޕާޓީން ހުށައަޅާފައިވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރުމަށާއި ކޮންމެ 10 އަހަރަކުން އެ އަދަދު ރިވިއު ކުރުމަށެވެ. އޭގެ އިތުރުން އަންހެނުންނަށް މަޖިލީހުގައި ކޯޓާއެއް ޚާއްސަ ކުރުމަށާއި ފަންނީ ދާއިރާތަކުގެ މީހުންނަށް ޖާގަ ދިނުމަށްވެސް ޢަދާލަތު ޕާޓީން ހުށައަޅާފައިވެއެވެ.
ބައްދަލުވުމުގައި ޑިމޮކްރެޓުންގެ މައިގަނޑު ހުށައެޅުމަކީ އަތޮޅުތަކުން ވަކި އަދަދަކަށް މެންބަރުން ކަނޑައެޅުމާއި ސިޔާސީ ޕާޓީތަކަށް މަޖިލީހުން ސްލޮޓް ކަނޑައެޅުމެވެ.
މިއަދުގެ ބައްދަލުވުމުގައި އެމްއެންޕީން ތާއީދު ކުރީ މަޖިލީހުގެ މެންބަރުންގެ އަދަދު 77 އަށް ދަށްކުރުމަށެވެ. ނަމަވެސް އެމްޑީއޭ އިން ހުށައެޅީ މަޖިލީހުގައި މިހާރު ހިމެނޭ 93 ދާއިރާއަށް ބަދަލު ނާންނާނެ ގޮތަށް މެންބަރުންގެ އަދަދު ހިފެހެއްޓުމަށެވެ.
ޕާތީތަކުން މިފަދަ ޚިޔާލުތަކެއް މަޖިލީހަށް ހުށައަޅާފައިވާއިރު ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރަންވާނެ ކަމަށެވެ.
އަދި، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަންވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު