ރާއްޖޭގެ ސްކޫލްތަކުގައި ދިވެހިބަސް ކިޔަވައިދޭނެ 113 މުދައްރިސުން ބޭނުންވާ ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ތަޢުލީމާބެހޭ ވުޒާރާއިން މިކަން ހާމަކޮށްފައިވާއިރު ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ ދިވެހި މުދައްރިސުން އުފެއްދުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ފެށުމަށް ތަޢުލީމީ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ދެހާހަށްވުރެ ގިނަ ދިވެހި މުދައްރިސުން ބޭނުންވާ ކަމަށެވެ. އޭގެ ތެރެއިން 113 މުދައްރިސުން ބޭނުންވަނީ ދިވެހި މާއްދާ ކިޔަވައި ދިނުމަށް ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ދިވެހި މުދައްރިސުން އެންމެ ގިނައިން ބޭނުންވަނީ މާލެއަށެވެ. އެގޮތުން މާލެއަށް 252 ދިވެހި މުދައްރިސުން ބޭނުންވެއެވެ. އޭގެ އިތުރުން ހދ. އަތޮޅުގެ ސްކޫލްތަކަށް 211 ދިވެހި މުދައްރިސުން ބޭނުންވާއިރު އައްޑު އަތޮޅުގެ ސްކޫލްތަކަށް 93 ދިވެހި މުދައްރިސުން ބޭނުންވެއެވެ.
ރާއްޖޭގައި މުދައްރިސުންގެ ގޮތުގައި ދިވެހިން އެންމެ ގިނައިން ބޭނުންވަނީ އިނގިރޭސި މާއްދާ ކިޔަވައިދިނުމަށެވެ. އެގޮތުން އިނގިރޭސި މާއްދާ ކިޔަވައި ދިނުމަށް 208 މުދައްރިސުން ބޭނުންވާއިރު ހިސާބު ކިޔަވައިދިނުމަށް 175 ދިވެހި މުދައްރިސުން ބޭނުންވެ އެވެ.
ތަޢުލީމީ ދާއިރާއަށް ގިނަ ޢަދަދެއްގެ ދިވެހި މުދައްރިސުން ބޭނުންވެފައިވާއިރު ސަރުކާރުން މިހާރުވަނީ މުދައްރިސުންގެ މުސާރަ ބޮޑުކޮށްފައެވެ.
އެހެން ނަމަވެސް ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރަން މީހުންގެ ޝައުޤުވެރިކަން ކުޑަކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢަބްދުالله ޝަފީޢުވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ދިރާސީ އައު އަހަރު ފެށުނުއިރު ތައުލީމީ ދާއިރާއަށް އަލަށް ގުޅުނީ އެންމެ 48 ދިވެހި ޓީޗަރުން ކަން ވަޒީރު ފާހަގަ ކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު