ތިންލައްކައަށްވުރެ ގިނަ ޕާރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ލިބިފައިވަނީ އެންމެ 2،000 ސާޖިކަލް ކެޕް އެކަނިކަން ކޯވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
އެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް ޖުމްލަ 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ހެލްތު މިނިސްޓްރީން އެސްޓީއޯ ޕަބްލިކް ލިމިޓެޑަށް އެޑްވާންސްކޮށް ދައްކާފައިވާ ކަމަށެވެ. އޮޑިޓް ރިޕޯޓްގައި ބުނާ ގޮތުން އެތަކެއްޗަކީ 5،000 ސާޖިކަލް ގައުން 9،975 ހެޒްމެޓު ސޫޓު، 10،000 ޑިސްޕޮސެބަލް ފޭސް ޝީލްޑާއި 4،950 ރީ-ޔޫސެބަލް ޕްރޮޓެކްޓިވް ގޮގުލްސް އާއި 10،000 ޑިސްޕޮސެބަލް ޝޫ ކަވާ، 9،000 ޑިސްޕޮސެބަލް ހެޑް ކަވާ (ސާޖަން ކެޕް)، 1،000 އެންކަލް ބޫޓު، 50 ބޮޑީ ބޭގް އަދި 256،000 މާސްކު ހިމެނެއެވެ. މި ގޮތުގެމަތިން ފައިސާ ދެއްކި ތަކެތީގެ ތެރެއިން 2،000 ސާޖަން ކެޕް ފިޔަވައި، ދެންހުރި ތަކެތި މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށް، އޮޑިޓް ރިޕޯޓްގައިވެއެވެ.
"މިނިސްޓްރީން މަޢުލޫމާތު ދިންގޮތުގައި، މި ތަކެތީގެ ސްޓޮކް މެނޭޖްކުރުމާއި ޑިސްޕެޗް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީސް، އެސް.ޓީ.އޯ ޕަބްލިކް ލިމިޓެޑު އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރީޓީންނެވެ. ނަމަވެސް، މި މުޢާމަލާތުގެ ދަށުން ހޯދޭ ތަކެތީގެ ސްޓޮކް ރެކޯޑުތައް މިނިސްޓްރީ އޮފް ހެލްތުން ބަލަހައްޓާފައި ނުވާތީ، އެސް.ޓީ.އޯ އިން، އެކިއެކި މުއައްސަސާތަކަށް ސަޕްލައިކޮށްދިން ތަކެތީގެ އަދަދާއި، ސްޓޮކް ބާކީގެ ގޮތުގައި ހުންނަންޖެހޭ މިންވަރާއި، ހުރި މިންވަރު، އެގޭކަށް ނެތެވެ." އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
މިހާތަނަށް ލިބިފައިވާ މުދަލުގެ ފައިސާގެ އަދަދާއި، ނުލިބި ހުރި މުދަލަށް ޖެހޭ ފައިސާގެ އަދަދު ބަލަހައްޓާފައި ނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ހެލްތް މިނިސްޓްރީ އިން ވެންޓިލޭޓަރު ގަތުމުގައި ވެސް ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އަމަލުތަކެއް ހިންގައި ބޮޑެތި މަކަރާ އޮޅުވާލުންތައް އޮޅުވާލާފައިވާކަން ވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު