ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ކޯވިޑް-19 ކޮމްޕްލަޔަންސް އޮޑިޓްރިޕޯޓުގައި ކަންބޮޑުވާ ބައެއްކަންކަން ހުރިކަން ފާހަގަކުރެވިގެން އެރިޕޯޓުތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ ކޯވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ކަންބޮޑުވާ ބައެއް ކަންކަން ފާހަގަކުރެވޭތީ މާދަމާ ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ދެރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވި ހެލްތް މިނިސްޓްރީގެ ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފަައިވާއިރު އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތުގައި ކޮރަޕްޝަން އަށް މަގު ފަހިވާ މަައްސަލަތަކެއް ހުރި ކަމަށެވެ. އަދި އެ މުއާމަލާތުގައި ބޮޑެތި މަކަރާއި އޮޅުވާލުން އޮޅުވާލާފައިވާ ކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ވެންޓިލޭޓަރު ގަތުމަށް ކުރިއަށް ގެންދިޔަ މުޢާމަލާތް ތަޙުގީގުކުރުމަށް އޮޑިޓަރ ޖެނަރަލްވަނީ އަންގަވާފައެވެ.
ކޯވިޑް-19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާ ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި ވަނީ އެމިނިސްޓްރީގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫންކަމާއި، އެ ކަންކަން ކުރުމުގެ ޒިންމާ އާއި ޙަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރިކަމަށެވެ. އެގޮތުން، ކޯވިޑް-19އާ ގުޅިގެން ޖުމުލަ 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ 99 އިންސައްތައަކީ ޓޫރިޒަމް މިނިސްޓްރީގެ މެންޓޭޑުން ބޭރުން ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

Ministry of Tourism aai Ministry of Health ge Covid 19 Compliance Audit Report gai kanboduva baeh kankan faahaga kureveythee maadhamaage maaliyyath committee ge bahdhaluvumugai 2 report dhiraasaa kurun onnaane. pic.twitter.com/xLY4LLluy1
— Mohamed Nashiz (@Mnashiz) August 16, 2020
އޮޑިޓަރ ޖެނެރަލް ނެރުއްވި ހެލްތް މިނިސްޓްރީގެ ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފަައިވާއިރު އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތުގައި ކޮރަޕްޝަން އަށް މަގު ފަހިވާ މަައްސަލަތަކެއް ހުރި ކަމަށެވެ. އަދި އެ މުއާމަލާތުގައި ބޮޑެތި މަކަރާއި އޮޅުވާލުން އޮޅުވާލާފައިވާ ކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ވެންޓިލޭޓަރު ގަތުމަށް ކުރިއަށް ގެންދިޔަ މުޢާމަލާތް ތަޙުގީގުކުރުމަށް އޮޑިޓަރ ޖެނަރަލްވަނީ އަންގަވާފައެވެ.
ކޯވިޑް-19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާ ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި ވަނީ އެމިނިސްޓްރީގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫންކަމާއި، އެ ކަންކަން ކުރުމުގެ ޒިންމާ އާއި ޙަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރިކަމަށެވެ. އެގޮތުން، ކޯވިޑް-19އާ ގުޅިގެން ޖުމުލަ 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ 99 އިންސައްތައަކީ ޓޫރިޒަމް މިނިސްޓްރީގެ މެންޓޭޑުން ބޭރުން ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު