ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ ޗީފް އޮފް ސްޓާފް އާދަމް ހަލީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ ޗީފް އޮފް ސްޓާފް އާދަމް ހަލީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް މަޝްހޫރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމް ހަމަޖައްސަވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ 'މުރައިދޫ' ގޭގެ ޗީފް އޮފް ސްޓާފްގެ މަޤާމަށް އާމް ޙަލީމް ހަމަޖައްސާފައިވަނި މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

އާދަމް ހަލީމަކީ ނޫސްވެރިކަމުގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމާއި ރަން ގަލަން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

20 ވަނަ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް މުރައިދޫގެއަށް ބަދަލުވެވަޑައިގަތީ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.

'މުރައިދޫ' ގެއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ރައީސް މުޙައްމަދު ނަޝީދު ހުންނަވަނިކޮށް އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއަށްފަހު ދައުލަތުގެ ތިންބާރުގެ ވެރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް 2021 ވަނަ އަހަރު ގެކޮޅު ހަމަޖައްސައިދިނުމަށް މަޖިލީހުން ނިންމުމާއި ގުޅިގެން ރައީސް ނަޝީދު ހުންނެވި ގެކޮޅެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން