ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު
ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދަން ހެލްތު މިނިސްޓްރީން ހިންގި މުއާމަލާތުތަކުގައި ހިންގާފައިވާ ސުވާލު އުފެދޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ޚާއްސަ އޮޑިޓު ރިޕޯޓު ރައީސް އޮފީހަށް ރަސްމީކޮށް ލިބޭނީ މާދަމާ ކަމަށެވެ. އެހެންވެ، އެ ލިބުމުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ހޫދު ވިދާޅުވި އެވެ.

"ރިޕޯޓް ލިބުނީމާ ރިޕޯޓްގައިވާ ކަންކަމަށް ރިއާޔަތްކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި މެދު އެއްވެސް ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅާނަން." ހޫދު ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނި ނަމަވެސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ އޮޅުވާލުމެއް ކަމަށް މިއަދު އާންމުކުރި އޮޑިޓް ރިޕޯޓްގައިވެއެވެ.

ދުބާއީން ގެންނަ ވެންޓިލޭޓަރުގެ އިތުރުން ރާއްޖޭގެ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ވެންޓިލޭޓަރު ގެނައުމުގެ ކަންކަން ވެސް ހިންގާފައި ވަނީ ގޯސްކޮށް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. މީގެ އިތުރުން ވެންޓިލޭޓަރު ގަތުމަށް ހަވާލު ކުރުމަށް ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ގިނަ ކަންތައްތަކެއް ގާނޫނާއި ޚިލާފަށް ހިންގާފައިވާ ކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން