ކޯވިޑް-19 މިއަދުގެ އަދާހަމަ މައުލޫމާތު
ކޯވިޑް-19 މިއަދުގެ އަދާހަމަ މައުލޫމާތު
ރާއްޖެ އިން އިތުރު 106 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 79 ދިވެހިންނާއި ބަންގްލަދޭޝްގެ 21 މީހަކާއި އިންޑިއާގެ 5 މީހަކާއި ނޭޕާލްގެ މީހެއް ކަމަށެވެ.

ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 99 މީހަކު މިއަދު ޕޮޒިޓިވްވީ ވެރިރަށް މާލެ އިންނެވެ. އަތޮޅު ތެރެއިން ހަތް މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މިއާ އެކު، ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،785 އަށް އަރައިފައެވެ. މި ބަލީގައި ރާއްޖެ އިން ނިޔާވެފައި ވަނީ 22 މީހެކެވެ.

ބަލި ޖެހިގެން މިވަގުތު ފަރުވާ ދެނީ 2،414 މީހުންނަށެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1،481 މީހުން ތިބި އިރު، 146 މީހުންނަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ކޯވިޑް-19 ޖެހިގެން މިހާތަނަށް ރަނގަޅުވެފައި ވަނީ 3،349 މީހުންނެވެ.މިވަގުތު ރާއްޖޭގެ ނުވަ ރިސޯޓަކުން ވެސް މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ ރިސޯޓުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ފަސް ޓޫރިސްޓަކާއި 13 މުވައްޒަފެކެވެ.

އެންމެ ފަހުން، ކޯވިޑް-19 ފެނުނު ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ފިއްލަދޫ، ހދ. ކުރިނބީ، ބ. ކުޑަރިކިލު، ކ. ތުލުސްދޫ، ފ. ނިލަންދޫ، އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫ، ހއ. އިހަވަންދޫ، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ކ. ހިންމަފުށި، ފުވައްމުލައް ސިޓީ، ހދ. ނާވައިދޫ، ބ. ކަމަދޫ އަދި ޅ. ނައިފަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން