ރާއްޖޭގެ އަގަކީ އެންމެ 750 މިލިއަން ޑޮލަރު ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރުމަކީ ވަރަށް ދެރަ ލަދުވެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އިންޑިޔާ އިން ރާއްޖެއަށް ދިނީ އެހީއެއް ނޫން ކަމަށާއި އިންޑިއާއިން 750 މިލިއަން ޑޮލަރަށް ރާއްޖެ ގަނެލީ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް، ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް ރޭ ވަނީ ވިދާޅުވެފައެވެ.
"ރަސް އޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ކުރިމަތީގައި ރާއްޖޭގެ އަގަކީ އެންމެ 750 މިލިއަން ޑޮލަރު ކަމަށް ވުމަކީ ވަރަށް ދެރަ އަދި ލަދުވެތި ކަމެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ސިޔާސީ ވާހަކަ ދެއްކުން ހުއްޓާލުމަށް ވެސް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސަ ގޮވާލެއްވިއެވެ.
"ތިޔަ ޒާތުގެ ވާހަކަ ދެއްކުމަކީ ބޭރު ދުނިޔެ އަށް މިގައުމު ނިކަމެތިކޮށް، އޮރިޔާން ކުރުން. އިންޑިޔާ އަށް އަދި ޗައިނާ އަށް ނިސްބަތްކޮށްވެސް ތިޔަ ޒާތުގެ ވާހަކަ ދައްކައިގެން ނުވާނެ. އެއީ ކުރެވޭ މޮޅު ކަމެއް ނޫން." ޝިޔާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މޫސަ "ރަސްއޮންލައިން" އަށް ވިދާޅުވިއެވެ.
މީގެ އިތުރުން މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަވަށްޓެރި އިންޑިއާ އިން ރާއްޖެއަށް އަބަދުވެސް ވަނީ އެހީ ކަމަށެވެ. ސިޔާސީ އިދިކޮޅު މީހުންނާއި އެއްކޮޅު މީހުން ވެސް ބޭރު ގައުމުތަކާއި މުޚާތަބު ކުރުމުގައި ވަކި މިންގަނޑެއް ގެންގުޅެން ޖެހޭ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
."ސާކް ސަމިޓާ އިންޑިއާގެ ބޮޑުވަޒީރާ، ޕާކިސްތާނުގެ ބޮޑުވަޒީރު އެއް ލޯންޗަކަށް އެރުވީމާވެސް ދެން ވީގޮތް ވެސް ރައީސް ނަޝީދު ކައިރީގައި ތިބި ބަޔަކަށް ފެންނާނީ." ޒަމާނުއްސުރެ ވާދަވެރިކަމެއް އޮންނަ އިންޑިޔާ އާއި ޕާކިސްތާނުން މިސާލެއް ދައްކަވަމުން މޫސަ ވިދާޅުވިއެވެ.
އިންޑިއާ އިން ވަނީ ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ގެ ލޯނެއް ދިނުމަށާއި މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާލާ ބްރިޖުގެ މަސައްކަތަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މާލީ ޕެކޭޖެއް ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ލޯނެވެ. އަނެއް 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ. މިއީ ގައުމު ވިއްކާލުން ކަމަށް އިދިކޮޅު ކޯލިޝަންގެ ބައެއް ބޭފުޅުން ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު