އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން މަރަމުންދާއިރު އަރަބި ލީޑަރުން ތިއްބެވީ ކުޅިބަލަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ކަންބޮޑުވުން ފާޅު ކުރަށްވައިފިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު އިސްރާއީލުގެ އިސްތިއުމާރާއި ދެކޮޅަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ދިން ކުއްލި ހަމަލާތަކަށްފަހު މުޅި ދުނިޔޭގެ ސަމާލުކަން ވަނީ މެދުއިރުމައްޗަށް ހުއްޓިފައެވެ. އޭގެފަހުން އިޒްރޭލުން ފަލަސްތީނުގެ އެތަންމިތަނަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ.
އެކަމާ ގުޅިގެން ރައީސް މައުމޫން މިއަދު ވިދާޅުވީ އިޒްރޭލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ އެތައް ސަތޭކަ ކުށެއްނެތް އާންމުން ރަހުމެއްނެތި މަރަމުން ދާއިރު އަރަބި ލީޑަރުން ތިއްބެވީ ހިމޭންކަމާއެކު ކުޅިބަލަން ކަމަށެވެ. އަދި އެކަމާ ހިތާމަ ކުރަށްވާ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި ރައީސް މައުމޫން މިއަދު އަޑު އުފުއްލަވާފައި ވާއިރު އެމަނިކުފާނުގެ ވެރިކަމުގައި 1980 ވަނަ އަހަރުގެ ޑިސެމްބަރު 15 ގައި ރައީސް މައުމޫން ވަނީ އިސްރާއީލުގައި އުފައްދާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި އަދި ރާއްޖޭގެ އެފަދަ ތަކެތީގެ ވިޔަފާރިކުރުމަކީ މަނާކަމެއް ކަމަށް ނިންމަވައިފައެވެ.
އަދި ރައީސް މައުމޫންގެ ނުރުހުން ޢަރަބި ލީޑަރުންނަށް އަމާޒު ކުރަށްވާފައިވާ މިދަނޑިވަޅަކީ އިޒްރޭލުގެ ޙަމަލާއެއްގައި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހް އިތުރަށް ހަލަބޮލިވެފައިވާ ދުވަސްވަރެކެވެ.
ފަލަސްތީނު މައްސަލާގައި ދިވެހި ސަރުކާރުން ބުނެފައިވަނީ، ރައީސްގެ ނިންމެވުމާއިއެކު އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން ސިޔާސީ ޚިޔާލު ތަފާތުވުންތަކަށް ބެލުމެއްނެތި މަޖިލިސް ތެރެއިން އަވަހަށް ކުރާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކޮންޓްރޯލް އޮންނަ މަޖިލީހުގެ ކޮމިޓީގައި އެމައްސަލަ އޮންނަތާ މިއަދަށް ވަނީ 61 ދުވަސް ފާއިތުވެފައެވެ.

ކޮންމެ ދުވަހަކު އެތައް ސަތޭކަ ކުށެއް ނެތް ޣައްޒާގެ އާންމުންނެއް އިސްރާއީލުން އެދަނީ ރަހުމެއްނެތި މަރަމުން. އަރަބި ލީޑަރުން އެތިބީ ކުޅިބަލަން. އެއްވެސް ކަމެއް ނުކުރޭ. ހިތާމައިގެ ކޮޅެއްނެތް.
— Maumoon Abdul Gayoom (@maumoonagayoom) August 10, 2024
ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި ރައީސް މައުމޫން މިއަދު އަޑު އުފުއްލަވާފައި ވާއިރު އެމަނިކުފާނުގެ ވެރިކަމުގައި 1980 ވަނަ އަހަރުގެ ޑިސެމްބަރު 15 ގައި ރައީސް މައުމޫން ވަނީ އިސްރާއީލުގައި އުފައްދާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި އަދި ރާއްޖޭގެ އެފަދަ ތަކެތީގެ ވިޔަފާރިކުރުމަކީ މަނާކަމެއް ކަމަށް ނިންމަވައިފައެވެ.
އަދި ރައީސް މައުމޫންގެ ނުރުހުން ޢަރަބި ލީޑަރުންނަށް އަމާޒު ކުރަށްވާފައިވާ މިދަނޑިވަޅަކީ އިޒްރޭލުގެ ޙަމަލާއެއްގައި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހް އިތުރަށް ހަލަބޮލިވެފައިވާ ދުވަސްވަރެކެވެ.
ފަލަސްތީނު މައްސަލާގައި ދިވެހި ސަރުކާރުން ބުނެފައިވަނީ، ރައީސްގެ ނިންމެވުމާއިއެކު އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން ސިޔާސީ ޚިޔާލު ތަފާތުވުންތަކަށް ބެލުމެއްނެތި މަޖިލިސް ތެރެއިން އަވަހަށް ކުރާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކޮންޓްރޯލް އޮންނަ މަޖިލީހުގެ ކޮމިޓީގައި އެމައްސަލަ އޮންނަތާ މިއަދަށް ވަނީ 61 ދުވަސް ފާއިތުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު