މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 5 މެނޭޖިންގ ޑިރެކްޓަރުން ނަގާތީ އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމަށް މުޙައްމަދު މުނައްވަރު ހަމަޖެއްސެވުމާއިއެކު އޭނާ ގެންދަވަނީ އެމްއެމްއޭގެ ހިންގުމުގެ އޮނިގަނޑަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނިގެން އެމްއެމްއޭއަށް 5 މެނޭޖިން ޑިރެކްޓަރުން ހޯދަން އިއުލާނުކުރީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

ފަންސާސް ފަސްހާހުގެ މުސާރައެއް ދޭގޮތަށް 5 މީހަކު ހޯދަން އިއުލާނު ކުރުމުން އެކަމާ ބައެއް ފަރާތްތަކުން ދިޔައީ ފާޑުކިޔަމުންނެވެ.

އެގޮތުން، މުޙައްމަދު ނާޒިމް އެކަމާއި ގުޅުވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިގުތިސާދީ މި ދަތިކަމުގެ ތެރޭގައި އެމްއެމްއޭއަށް 5 މެނޭޖިންގ ޑިރެކްޓަރުން އައްޔަން ކުރުމަކީ، ދައުލަތުން އުފުލަންޖެހޭ އިތުރު މާލީ ބުރައެއް ކަމަށެވެ.

އެހެންކަމުން ހަރަދު ކުޑަ ކުރުމަށްޓަކައި ލީޑަރޝިޕްގެ ސްޓްރަކްޗަރ ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަރނަރަށް އިލްތިމާސް ކުރައްވާކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން