ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) އާއި ކުރީގެ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް (ވ)
ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) އާއި ކުރީގެ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް (ވ)
ވެރިކަންކުރާ ޕީއެންސީގެ ޚާރިޖީ ސިޔާސަތު މިހާރު ކަނޑައަޅުއްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް މިމޭރުމުން ވިދާޅުވެފައިވާއިރު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދު އިއްޔެ ވަނީ ސަރުކާރުން އިންޑިއާ އާއެކު ބަދަހި ކުރަމުންދާ ގުޅުމަށް މަރުޙަބާ ވިދާޅުވެ އެއީ ހެޔޮ ފާލެއް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ގެންނަމުންދާ ބަދަލުތަކަށް ހަޖޫޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން މަލީޙް ވިދާޅުވީ ރައީސް ނަޝީދު ގެންދަވަނީ ޕީއެންސީ ސަރުކާރުގެ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނަންގަވަމުން ކަމަށެވެ. އަދި ފެންނަ މަންޒަރަށް ބަލާއިރު ސަރުކާރުގެ ޚާރިޖީ ސިޔާސަތު މިހާރު ކަނޑައަޅުއްވަނީ ރައީސް ނަޝީދު ކަމަށް މަލީޙް ވިދާޅުވިއެވެ.

ހަމައެއާއެކު ޚާރިޖީ ވަޒީރު މޫސާ ޒަމީރު އަދިވެސް އުޅުއްވަނީ އެލްބޯޑުގައި ކަމަށާއި މިސަރުކާރަށް ޖެހޭނީ ދެމީދާފެހި ބުޅަލަށް ޖެހުނު ހާލު ކަމަށް މަލީޙް ވިދާޅުވެފައިވެއެވެ.

“ޕީއެންސީގެ ޚާރިޖީ ސިޔާސަތު މިހާރު ރައީސް ނަޝީދު ކަނޑައަޅުއްވާތަން މިފެންނަނީ. ޕީއެންސީ ސަރުކާރުގެ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ރައީސް ނަޝީދު ނަންގަވާއިރު އެލްބޯޑުގައި މިނިސްޓަރ ޒަމީރު އުޅުއްވާތާ 9މަސް ދުވަސް.” މަލީޙް ވިދާޅުވެފައިވެއެވެ.



މަލީޙް މިހެން ވިދާޅުވެފައިވާއިރު އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެއަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒުވަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ބަދަލުތަކެއް ގެންނަމުން ގެންދަވާކަމުގެ އިޝާރާތެއް ކުރަށްވާފައެވެ.

އެގޮތުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ދަމަހައްޓައި ބަދަހި ކުރަށްވާނެކަމުގެ ޔަޤީންކަން ރައީސް މުއިއްޒުވަނީ އިންޑިޔާ ސަރުކާރަށް އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން