މަރުކަޒީ ބޭންކް އެމްއެމްއޭ (ކ)
މަރުކަޒީ ބޭންކް އެމްއެމްއޭ (ކ)
މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ މީހުން އައްޔަންކުރެވޭ ގޮތަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ ކުންފުނިތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވައިދު މިއަދު އިސްލާޙުކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު ގެޒެޓް ކޮށްފައިވާ ޤަވާއިދުގައި ބުނެފައިވަނީ ކެބިނެޓު މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފިޔަވައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ އެހެން ބޭފުޅުން ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ ހިދުމަތް ދޭ ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރެވޭނެ ކަމަށެވެ.

އަދި މި އިސްލާޙަށް މިއަދުން ފެށިގެން ޢަމަލު ކުރެވޭނެ ކަމަށްވެސް އެމްއެމްއޭ އިން ގެޒެޓް ކޮށްފައިވާ ޤަވާއިދުގައިވެއެވެ.

މީގެ ކުރިން އެ ޤަވާއިދުގައި ކަނޑައަޅާފައި ވަނީ ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއްގެ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ހުންނަވާ އެއްވެސް ބޭފުޅަކަށް މާލީ އިދާރާއެއްގެ އިސްމަޤާމެއް އަދާނުކުރެއްވޭނެ ކަމަށެވެ.

އޭގެއިތުރުން ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ގާނޫނުތަކުން ބާރު ލިބިގެންް އުފައްދާފަައިވާ މުއައްސަސާތަކުގެ ވެރިންނަށްވެސް އެފަދަ މަޤާމެއް އަދާނުކުރެވޭނެ ކަމަށް ކުރިން ޢަމަލުކުރަމުންދިޔަ ޤަވާއިދުގައި ވެއެވެ.

މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ މީހުން އައްޔަންކުރެވޭ ގޮތަށް ޤަވާއިދު އިސްލާޙު ކޮށްފައިވާއިރު މި ސަރުކާރުން ވަނީ ރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާކޮށް އިސްލާޙު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން