ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީމަނިކު
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީމަނިކު
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖުމަންޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި އެ ކުންފުނީގެ މިހާރުގެ މެނޭޖުމަންޓުން ދެއްކި ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތްކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީމަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޫކޭ ވިދާޅުވީ މިހާރުގެ މެނޭޖްމަންޓުން ދައްކާފައިވާ ވާހަކަތަކަކީ ކަމުގެ އަސްލަށް އެއްވެސްވަރަކަށް ބެލުމެއްނެތި ދެއްކި ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން ކުންފުނީގެ ހިސާބުތައް ރަނގަޅަށް ބެލުމަށް މޫކޭ ވަނީ މިހާރުގެ މެނޭޖްމަންޓުގެ ކިބައިން އެދިފައެވެ.

މޫކޭ މިއަދު ވިދާޅުވީ އާރުޑީސީގެ ކުރީގެ މެނޭޖުމަންޓުން ލިޔެކިޔުން ނެތި 161 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ބުނާ ބުނުމަކީ ބުހުތާނު ދޮގެއް ކަމަށެވެ.

އޭގެ އިތުރުން ރައީސް ޞާލިޙްގެ ވެރިކަމުގެ ފަހުކޮޅު ފުލުހުން އާރުޑީސީގެ އޮފީހަށް ވަދެ ބަލައި ފާސްކުރުމަށް ފަހު، ހުރިހާ ލިޔެކިޔުމެއް ގެންދިޔަ ކަމަށާއި އެ ތަކެތި އަނބުރާ ކުންފުންޏަށް ފުލުހުން ރައްދު ކުރި ގޮތަށް ގޯނިގޯނީގައި އަދިވެސް އެބަހުރި ކަމަށެވެ.

އެހެންކަމުން މިހާރުގެ މެނޭޖުމަންޓުން ކުރަށްވަންޖެހޭ ކަމަކީ އެލިޔުންތައް ނަންގަވައި ތަރުތީބު ކުރެއްވުމަށްފަހު ކަމުގެ އަސްލު ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދެއްވުން ކަމަށް މޫކޭ ވިދާޅުވިއެވެ.

ވެރިކަން ބަދަލުވި ފަހުންވެސް އާރުޑީސީގެ އޮޑިޓެއް ހަދާފައި ނެތްކަން ފާހަގަ ކުރަށްވަމުން މޫކޭ ވިދާޅުވީ ކުންފުނީގެ ތަފާސްހިސާބުތައް ވެސް ޕީސީބީއަށް ފޮނުވާފައި ނުވާކަމަށެވެ.

އޭގެ އިތުރުން ޕްރޮކިއުމެންޓް ޕްރޮސެސް ފުރިހަމަ ކުރުމަކާ ނުލައި، އާރުޑީސީން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެކަމުގެ ޔަޤީންކަން މޫކޭ މިއަދުވަނީ އެންމެހާ ރައްޔިތުންނަށް އަރުވާފައެވެ.

މޫކޭ މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އާރުޑީސީގެ މިހާރުގެ މެނޭޖުމަންޓުން ދެއްކި ވާހަކަތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މޫކޭ ވަނީ މަޖިލީހުގައި އެދިފައެވެ.

މިހާރުގެ މެނޭޓުމަންޓުން ތުހުމަތު ކޮށްފައިވަނީ ކުރީގެ މެނޭޖުމަންޓުން އެއްވެސް ލިޔެކިޔުމަކާ ނުލައި އިންޓަނެޓް ބޭންކިން މެދުވެރިކޮށް 161 މިލިއަން ރުފިޔާ ޓްރާންސްފާ ކޮށްފައިވާ ކަމަށާއި އާރުޑީސީގެ އޭރުގެ ސީއެފްއޯގެ އެކައުންޓަށް 90 މިލިއަން ރުފިޔާ ޖަމާކޮށް، އެ ފައިސާ ވެސް އެފަދަ ގޮތަކަށް ދޫކޮށްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން