ސަރުކާރުގެ ތެރެއިން ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވުމަކީ އެއްވެސް ވަރަކަށް ޓޮލަރޭޓް ކުރަށްވާނެ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލަށް މިއަދު ކުރެއްވި ޒިޔާރަތަށްފަހު ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ އެމަނިކުފާނަކީ ދައްކާ ވާހަކައިން އެއްކިބާވާނެ މީހެއް ނޫން ކަމަށެވެ.
އަދި ޝަރުޢީ ނިޒާމަށް ނުފޫޒު ނުފޯރުވާނެކަމަށް މީގެ ކުރިން ކެމްޕޭން ލޯންޗް ކުރި ދުވަހާއި ކެންޑިޓޭޓުންގެ ސުވާލާއި ޖަވާބު ޕްރޮގްރާމުގައިވެސް ވިދާޅުވެފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން މިއަދުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް އެކަން އޮންނާނީ އެގޮތަށްކަން ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.
“އަޅުގަނޑުގެ ކިބައިން އަދި މަޤާމަކަށް އައްޔަނު ކޮށްފައިހުރި މީހެއްގެ ކިބައިންވެސް ޝަރީޢަތަށް، ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު ޓޮލަރޭޓް ކުރާނެ ކަމެއް ނޫން. އެއީ ނުހިނގާނެ ކަމެއް.” ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ އެއްވެސް މަޤާމަކަށް ޢައްޔަނުކޮށްފައި ހުރި މީހަކު ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވާކަން އެމަނިކުފާނަށް އެނގިވަޑައިގެންފިނަމަ އެމީހަކު މަޤާމުން ވަކި ކުރަށްވާނެ ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ޕީޕަލްސް ފްރަންޓް އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޝަރީޢަތަށް ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާކަމުގެ ހެކި ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު