ކުރީ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފްލެޓް ކުރިން ނިންމައި ތައްޔާރުކޮށްފައިވާ ލިސްޓްތަކާ އެއްގޮތަށް ދޫކުރުން އަވަސްކުރަން ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިއަދު މާލެ ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކުރީ ސަރުކާރުން އާންމުކުރި ލިސްޓްތަކަށް ބޮޑެތި ބަދަލުތައް ގެންނާނެކަން މި ސަރުކާރުން ހާމަކޮށްފައިއޮވެ އަދި ގޯއްޗާއި ފްލެޓްވެސް ދޫކުރުން ލަސްވަމުން ގޮސްފައި އޮއްވާ، ސިޓީ ކައުންސިލުން ރައީސާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދާތީ ރީކޯ ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.

ރީކޯ ވިދާޅުވީ، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އިތުރު ކޮމެޓީ ހަދައިގެން ކައުންސިލަރުން ހިމަނައިގެން އަދިވެސް ސިޓީ ކައުންސިލުން ވެސް މަޝްވަރާކުރަން ތިބީ އަތުކުރިއޮޅާފައި ކަމަށެވެ.

އަދި ސަރުކާރަކުން އިއުލާނުކޮށްގެން ރައްޔިތުން ކިޔޫގައޖޖެހިގެން ތައްޔާރުކުރި ބޮޑުލިސްޓެއް އެބައޮތް ކަމަށާއި އެއާއި އެއްގޮތަށް ގޯއްޗާއި ފްލެޓް ދިނުމަށް ގޮވާލާކަމަށް ރީކޯ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން