އަލީ އާޒިމް
އަލީ އާޒިމް
ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށާއި، ސަރުކާރުން ކަންކަން ނިއްމަނީ އެމްޑީޕީއާއި މަޝްވަރާ ނުކޮށް ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގައި އެމްޑީޕީގެ މެނިފެސްޓޯއާއި ސިޔާސަތުތައް ތަންފީޒު ކުރެވެމުންނުދާ ކަމަށެވެ. ރައީސް ސޯލިހް މަސައްކަތް ކުރައްވަނީ މެނިފެސްޓޯ ތަންފީޒު ކުރުމުގެ ބަދަލުގައި ކޯލިޝަން ދެމެހެއްޓުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. ރައީސް ސޯލިހްގެ ކޯލިޝަން ސަރުކާރު ވެރިކަމަށް އައީ އެމްޑީޕީ އަށް ސަރުކާރުގެ 40 ޕަސެންޓް އަދި ކޯލިޝަނަށް 60 ޕަސެންޓް ދޭން އެއްބަސްވެގެން ކަމަށްވާއިރު އެއަދަދަށް ހިއްސާ ވެސް ނުލިބޭ ކަމަށް އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީގެ ސްލޮޓްތަކުގައި ތިއްބަވާ ވަޒީރުން ވެސް ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަސައްކަތް ނުކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ކައިރީގައި ގިނަ މީހުން ބުނޭ އެމްޑީޕީއަށް ދެން ވޯޓެއް ނުލާނަމޭ، އަޅުގަނޑު އެމީހުން ގާތުގައި ދެފައިގައި ހިފާ އާދޭސް ކޮށްފައި އެބަބުނަން މިއީ އެމްޑީޕީގެ ސަރުކާރެއް ނޫނޭ ރައީސް ސޯލިހަކީ ޚުދު މުހުތާރު ބޭފުޅެއް ނޫން، ރައީސް ކަންކަން ނިއްމަވަން މިދަނީ ކެބިނެޓާއި ހިސާބަށް، ރައީސް ސޯލިހް ބޭނުންވާ ގޮތަށް ކަންކަން ނިއްމެން ނެތީ ކޯލިޝަންގެ 60 އިންސައްތަ މީހުން ތަރައްގީ އެއް ކުރިއެރުމެއް ހަމަޖެހުމެއް ބޭނުމެއް ނުވޭ މިއީ އެންމެ ބޮޑު މައްސަލަ އަކީ، މައިގަނޑު މައްސަލައަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނުދިޔުން، ބައްޓަންވެގެން ނުދިޔުން ކަންކަން ނުކުރެވުން."އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މިސަރުކާރުގައި ތިބި ކޯލިޝަންގެ ވަޒީރުން މަގާމުން ވަކިކޮށް އެމްޑީޕީގެ މެމްބަރުން މަގާމުތަކަށް އައްޔަންކުރަންޖެހޭ ކަމަށެވެ. އަދި އެހެން ނުވާނަމަ ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރައްޔިތުންގެ ވޯޓަކަށް ގޮސް ރާއްޖޭގައި އޮތް ނިޒާމް ބަރުލަމާނީއަށް ބަދަލު ކުރަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ދަވާލި19

18-Aug-2020

ކަންކަން ނުވެ ތައްޔިތުންނައް ތިމާމެންގެހުރި ނާގާބިލުކަން އެނގި ފެންނަންފެށުމުން މާމޯޅުވާހަކަދެއްކޭމީހަކަށްހެދިގެން އަނގަތަޅުވާނެކަމެއްނެއް ދެނެއް ނުދޭނަން ވޯޓެއް އެމްޑީޕީއަކަށް


7

އަންސާރު

18-Aug-2020

އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ އާޒިމް މެންގެ ވަކި ބަިގަނޑަކަށް ސަރުކާރުތެރެއިން ޕުރޮޖެކުޓު ތަކެއް ނުލިބޭތީ އެކަމާ ލޭހޫނުވެގެން ތެޅިބާލަމުން ދާކަމަށް މީ އަސްލު ހަގީގތަކީ އަނގަނާރުވަތިބޭ އިރިޔާކޮށްފާނަން


10

ކުރިން އަންނި ގެ ސަޕޯޓަރެއް

17-Aug-2020

އާޒިމް އަނދުން ހުސައިން ހަސްލަތީފު ތި ބައިގަނޑަކީ ސަރުކާރު ބަދުނާމު ކޮށް ހަލާކުކުރަަން އުޅޭ ބައެއް އަންސާރު ބުނިހެން ރައީސް ސޯލިހު ސައިޒު ބަހައްޓަން ޖެހޭކަމަށް އަންނި ސޮއި ހޯދަން ގުޅި މެންބަރުން ގާތުގަ ބުނިކަމަށް ބައެެއް މެމްބަރުން ބުނެފަ އެބަހުރި މީޔޯލަ ވާހަކަ އެއް ނޫން


-1

ފަތުހީ ގެ ހަގު ފުރިހެން ދަރި

17-Aug-2020

އަންސާރު ބުނީ ހެޔޮކޮށް އަންނި ވެސް މިވެރިން ގަަތު މިޒާތުގެ ވާހަކަ އެއް ދެއކިޔޯ ރައީސް ސޯލިހް ބަހައްޓަންވާމީ މަޖިލިހަށް ވުރެން ދަށުގަޔޯ އޭރަށް ސަރުކާރުގެ ޕުރެޖެކްޓު ތައް އެމަޑީޕީ މަޖިލިސް މެމްބަރުން މެދުވެރިކޮށް ދޭން މަޖުބޫރު ވާނެ ނޫންހޭ މި އަންނި ގެ ވެސް ޑާރޓީ ކަން ދެން ވައްކަމާ ފޭ އަކަށޭ ކިޔާ ބައެއް ހުސް ވަގުން ހަމަ


1

އަންސާރު

17-Aug-2020

އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ އާޒިމް މެންގެ ވަކި ބަިގަނޑަކަށް ސަރުކާރުތެރެއިން ޕުރޮޖެކުޓު ތަކެއް ނުލިބޭތީ އެކަމާ ލޭހޫނުވެގެން ތެޅިބާލަމުން ދާކަމަށް މީ އަސްލު ހަގީގތަކީ އަނގަނާރުވަތިބޭ އިރިޔާކޮށްފާނަން


12

ހަސަނު

17-Aug-2020

އަބަދުވެސް އާޒިމް އަކީ ސީދާ އެމްޑީޕި ފިކުރާވެސް ބީރައްޓެހި މިހެއް އެހެންވީމާ މިހާރު އަމާޒު ހިފާފަި ތިވަނީ މި ސަރުކާރު ހަލާކު ކުރަން


5

ޖައުފަރު

17-Aug-2020

ފޮޓޯ ކަލޭ އަނަގަ ނުތަޅާ ރޯނު އެދުރުވެގެން ކަލެއަކި ސިޔަތު އެނގޭމީހެއްވެސް ނޫން ކަލޭގެ މަސައްކަތަކީ ސީދާ ރައީސް ސޯލިހު ގެސަރުކާރު ބަލިކަށި ކުރުން ތިޔައީ ހަމަ ރޭވިގެން އިދިކޮޅައި ގުޅިގެން ސަރުކާރާއި ދެކޮޅަށް ކަލޭމެން ބަޔަކު ހިންގާ އެތެރޭގެ ބަގާވާތެއް



ޓްރެންޑިން