ގުޅީފަޅުން ބިން ދޫކުރެވޭނީ ތިލަމާލެ ބްރިޖްގެ މަސައްކަތްތައް ނިމުމުން ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޢަލީ ހައިދަރު ވިދާޅުވީ ބޯހިޔާވަހި ކަމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތިދީފައިވާ ސަރަޙައްދަކީ މިހާތަނަށް ހިއްކާ ނިމިފައިވާ ތަނެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިއަދު ވިދާޅުވީ ގުޅީފަޅަކީ މިވަގުތު ބްރިޖްގެ މަސައްކަތަށް ވަރަށް ބޮޑަށް ބޭނުންކުރަމުންދާ ސައިޓެއް ކަމަށެވެ. އަދި އެސައިޓް އެތަނުން ހުސްކުރެވޭނީ އަންނަ ސެޕްޓެމްބަރު ކަމަށާއި އެހެންކަމުން ގުޅީފަޅުން ބިން ދޫކުރެވޭނީ އެ މަސައްކަތް ނިމުމުން ކަމަށް ހައިދަރު ވިދާޅުވިއެވެ.
“ބްރިޖްގެ މަސައްކަތަށް އެ ސައިޓް ބޭނުން ކުރަމުން ދާއިރު އެތަނުން ބިން އެލޮކޭޓް ކޮށްގެން އެތަނުން މީހުންނަށް ބިން ދޫކުރެވޭނީ އެތަނުގެ މަސައްކަތް ނިމުނީމަ. އެއީ އެތަނުގަ ބޮޑެތި ވަރަށް ބޮޑެތި ހެވީ ވެހިކަލްތައް ދުއްވާ ކޮންމެ ދުވަހަކުވެސް އެތަނުގަ ދަތުރުކޮށް ހަދާ.” ވަޒީރު ވިދާޅުވިއެވެ.
ހައިދަރު ވަނީ ގުޅީފަޅުން ކުރިން ދޫކޮށްފައިހުރި ގޯތިތަކުގެ ކަންމުޑިތައްވެސް މިހާރު އެއްކޮށް ހަލާކުވެފައި ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު ކުރީ ސަރުކާރުން އެތަނުން ބިން އެލޮކޭޓް ކޮށްފައިވަނީ ދިރިއުޅެން އެކަށީގެންވާ ގޮތަށް ނޫން ކަމަށާއި އެހެންކަމުން އެތަނުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނަސް އެ ފާސްކުރުމުގެ ފަހު މަރުޙަލާ މިހާރު ދަނީ ކުރިއަށްކަމަށް ހައިދަރު މިއަދު މަޖިލީހުގައި ވިދާޅުވެފައިވެއެވެ.
ހައިދަރު މިހެން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވައްސާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުން ޖުމްލަ 9،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު