ކުރީ ސަރުކާރުން ގުޅީ ފަޅުން ގޯތި ދޫކޮށްފައި އޮތީ ކަނޑުންނާއި ފަޅުން ކަމަށާއި ނަމަވެސް އެތަން ހިއްކުމަށްފަހު މި ސަރުކާރުން އެގޯތިތައް ޙަވާލުކުރާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ހައިދަރު ވިދާޅުވީ ބޯހިޔާވަހިކަމަކީ މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ދާއިރާ ކަމަށެވެ.
ނަމަވެސް ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތިދީފައިވަނީ ކަނޑުންނާއި ފަޅުން ކަމަށާއި އެހެންކަމުން އެތަނުން ގޯތި ދޫކުރުމުގެ ކުރިން އެކަމަށް ބޭނުންވާ ބިން އެއްކޮށް ހިއްކަންޖެހޭ ކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގުޅީފަޅަށް ގިރާވަރު ފަޅުގެ ބައެއް ގޯތިތައް ބަދަލު ކުރަންޖެހުނު ކަމަށާއި އެމަސައްކަތް މިހާރު މިސަރުކާރުން ކޮށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެލް.ޔޫ.ޕީ އަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގެނެސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ބިންހިއްކައެއް ނުނިމޭ. ގޯތިތައް ދީފައި ހުރީ ކަނޑުންނާއި ފަޅުން. އެހެންވީމާ އަޅުގަނޑުމެން ބިން ހިއްކާފައި ނޫނީ އެ ގޯތިތައް ޙަވާލެއް ނުކުރެވޭނެ.” ވަޒީރު މިއަދު ވިދާޅުވެފައިވެއެވެ.
ވަޒީރު ވިދާޅުވީ ގުޅީފަޅުގެ ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީއަށް ޙަވާޅު ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެހެންކަމުން ބިން ހިއްކާ ނިމޭނެ ތާރީޚެއް ދަންނަވަން ދަތިކަމަށެވެ. އެގޮތުން އަދިވެސް 5 ހެކްޓަރުގެ ބިން ހިއްކަންޖެހޭ ކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު އެލް.ޔޫ.ޕީ އަށް ބިނާކޮށް މިހާރު އޮތްގޮތަށް ކަންމުޑި ޖަހައިގެން އެ ކަންމުޑިތައް އެތަނުގައި ހުންނާނެ ކަމުގެ ޔަޤީންކަން ނެތްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި އަދި ގިރާވަރު ފަޅުން 5،432 ގޯތި ވަނީ ދޫކޮށްފައެވެ.
އޭރު ހައުސިންގ މިނިސްޓްރީން ބުނީ ޝަރުތު ހަމަވެގެން ގޯތި ލިބޭ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން އޭރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށެވެ. އަދި އެ ސަރުކާރުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބިމާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔައެވެ.
ނަމަވެސް މިސަރުކާރު ވެރިކަމަށް އައިފަހުން އެ މަސައްކަތް އެކަށީގެންވާ ހަލުވި މިނެއްގައި ކުރިއަށް ނުދާތީ އެކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު