އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުންނަށް ކަނޑުން ދޫކުރި ގޯތިތައް މިދިޔަ ގަދައިގައި އޮޔާ ހިނގައްޖެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޠާރިޤް ވިދާޅުވީ އެމްޑީޕީން މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް މާލޭ ސަރަޙައްދުގެ 18000 މީހުންނަށް ކަނޑުފަޅުން ގޯތި ދޫކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ ރައްޔިތުން އެއްވެސް ވަރަކަށް ބަލައިގަތް ކަމެއް ނޫން ކަމަށެވެ.
އެކަމުގެ ހެކި ދައްކަވަމުން ޠާރިޤް ވިދާޅުވީ 18000 މީހުންނަށް އެމްޑީޕީން ގޯތި ދޫކޮށްފައިވާއިރު މާލޭ ސަރަޙައްދުން ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނީ 13000 ވޯޓު ކަމަށެވެ. އޭގެ އިތުރުން އެގޯތިތައްވެސް މިހާރު އޮޔާ ގޮސްފައިވާކަމަށް ޠާރިޤް ވިދާޅުވިއެވެ.
“ގޯތިތައް ދޫކޮށްފައި ހުރީ ކަނޑުން. އޭގެން ބައެއް ގޯތިތައް މިދިޔަ ގަދައިތެރޭގައި ހިނގައްޖެ އޮޔާ. ބައެއް ގޯތިތައް ހިނގައްޖެ ގާދޫކޮލުން ނިކުމެގެން. އަނެއްބައި ގޯތިތަކަށް އޭރުތިބީ ޑައިވް ކޮށްގެން. އެ ލިބުނު މީހުން ޑިންގީތަކުގަ ގޮސްގެން. ބައެއް ގޯތިތަކުން ލައްޓި ބޭނި.” މެންބަރު ޠާރިޤް މިއަދު ވިދާޅުވިއެވެ.
ޠާރިޤް ވިދާޅުވީ ރައްޔިތުންނަށް މިހާބޮޑަށް އޮޅުވާލުމަށްފަހު މިއަދު އެމްޑީޕީ މެންބަރުން މަޖިލީހުގައި ގޯތީގެ ވާހަކަ ދައްކަނީ ލަދުޙަޔާތް ނެތުމުން ކަމަށެވެ.
“މިގޮތަށް ގޯތިތަކެއް ރިޔާސީ އިންތިޚާބުގެ ދެބުރު ދޭތެރޭގައި ދޫކޮށްފައި އެމްޑީޕީން މަޖިލީހަށް ހޮވުނު ހައެއްކަ މެންބަރުން ނިކުމެ އެގޯތިތައް ނުދީގެން މިނިސްޓަރާ ސުވާލުކޮށް އަދި މަޖިލީހުގެ ނިޒާމް ގެއްލުވާލައިގެން ދިޔައީ އެމްޑީޕީގެ ލީޑަރޝިޕާއި އެމްޑީޕީގެ މެންބަރުންގެ ލަދުގެ ކަންފުޅެއްވެސް ނެތްކަން.” އެމްޑީޕީ މެންބަރުންނަށް ރައްދު ދެއްވަމުން ޠާރިޤް ވިދާޅުވިއެވެ.
އޭގެ އިތުރުން ޠާރިޤް މިއަދު ވިދާޅުވީ ހުޅުމާލޭގެ މާސްޓަރ ޕްލޭން ބަދަލުކޮށްގެން ގޯތިތައް ދޫކޮށްފައިވާތީ އެއީވެސް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި ހުޅުމާލެފަދަ ބޮޑު އާބާދީއަކަށް އަމާޒުކޮށް ތަރައްޤީ ކޮށްފައިވާ ރަށެއްގެ ބަނދަރު ހިއްކަމުން ދާކަމަށް ޠާރިޤް މިއަދު ވިދާޅުވިއެވެ.
“ހުޅުމާލޭގެ ތިންވަނަ ފޭސް އޭ ކިޔާފަ ހުޅުމާލޭގެ ބަނދަރު އޮތް ސަރަޙައްދު ހިއްކަމުން ދަނީ. އެއީ މި ސަރުކާރުން ޙަވާލުކުރި ޕްރޮޖެކްޓެއް ނޫން. އެ ޕްރޮޖެކްޓް އެމްޑީޕީ ސަރުކާރުން ޙަވާލުކުރީ ރާޖޫ ކިޔާ މީހަކަށް. ބަދަލުގެ ގޮތުގައި އެތަނުން ބިންދޭގޮތަށް. އެބިންތައް އޭނާ ބޭރުގެ ފަރާތްތަކަށް ވިއްކުމަށް އިޢޫލާނުކޮށްފައި އެހުރީ.” ޠާރިޤް މިއަދު ވިދާޅުވިއެވެ.
ޠާރިޤް މިހެން ވިދާޅުވެފައި ވާއިރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލޭ ތިންވަނަ ފިޔަވަހިންނާއި ގިރާވަރު ފަޅާއި ގުޅީ ފަޅުން ގޯތި ދޫކޮށްފައި އޮތީ ކަނޑުންނާއި ފަޅުން ކަމަށާއި ނަމަވެސް އެތަންތަން ހިއްކުމަށްފަހު މި ސަރުކާރުން އެގޯތިތައް ޙައްޤުވެރިންނަށް ޙަވާލުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު