ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އެންގުމުންވެސް ދުވާރުމަތިން ގޮނޑިއާއި މޭޒުތައް ނުނެގުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެތަކެތި ނަގަން ނުކުމެއްޖެއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑި އާއި މޭޒު ނެގުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުން އާއްމުންނަށް ދަތިވާ ގޮތަށް ދުވާރުތަކާއި ހެޖުތަކުގެ ތެރޭގައި ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނެގުމަށް އެޗްޑީސީން ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އަންގާފައެވެ. އަދި އެތަކެތި ނެގުމަށް އެކި ފަހަރުމަތިން އެންގުމުންވެސް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކުން އެތަކެތި ނުނަގާ ކަމަށް އެޗްޑީސީން ބުނެއެވެ.

ދުވާރުމަތިން ހިނގާ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވުމުގެ ޝަކުވާތައްވެސް އެޗްޑީސީއަށް ލިބިފައިވާ ކަމަށާއި އެގޮތުން ސްކޫލްތައް ހުންނަ ސަރަހައްދުތަކުގެ ދުވާރުތައް މަތީގައި މިފަދަ ބައެއް ވިޔަފާރިތައް ކުރަމުންދާކަމަށާއި އެތަނުގައި ތިބޭ މީހުން ނޭދެވޭ ބަސްތައް ބޭނުންކުރާކަމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުން ލިބެމުންދާކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން