ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއެވެ. އެކުންފުންޏާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢަށް ބޭނުަންވާ އީ.އައި.އޭ ހުއްދަ އެކުންފުންޏަށް ލިބިފައިވަނީ 13 އޯގަސްޓް 2020 ގައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 85.9 މިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށްލަފާ ކުރެވެއެވެ.

ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 15 އޯގަސްޓް 2020 ގައި ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައެވެ. އަދި މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު އެރަށަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ ދަށުން 644،000 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ފަޅުފުންކޮށް ބިންހިއްކުމާއި، 1200 މީޓަރު ސަރަޙައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އެކުންފުނިން ބުނެފައި ވަނީ، މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށާއި ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ސާމާނު މިހާރު އެރަަށަށް ގެންގޮސްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން