ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
އެއްވެސް ރަށެއްގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓެއް ހުއްޓުވާފައި ނުވާނެ ކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ނަތީޖާ ނެރެންކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އެހެންކަމުން އެއްވެސް ރަށެއްގައި ފަށާފައިވާ އެއްވެސް މަސައްކަތެއް ސަރުކާރުން ނުހުއްޓުވާނެ ކަމަށާއި ޚާއްސަކޮށް ފެނާއި ނަރުދަމާގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓިފައި ނޯންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

“މަޝްރޫއެއް މަޑުޖައްސާލާފައި، ނޫނީ ހުއްޓާލާފައި އަޅުގަނޑުމެން ނުތިބޭނަން. ވީހާވެސް އަވަހަށް މަޝްރޫއުތައް ފަށައި، ރައްޔިތުންނަށް ގެނެސްދޭނަން.” ވަޒީރު މިއަދު ވިދާޅުވިއެވެ.

މުއްޠަލިބު މިއަދު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން ފެނަކައާ ހަވާލުކުރި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއުތައް މިހާރު ހުރީ ހުއްޓިފައި ކަމަށާއި އެހެންކަމުން އެ ހުރިހާ ކޮންޓްރެކްޓެއް ބާތިލް ކޮށްފައިވާ ކަމަށެވެ.

އަދި ސަރުކާރުން އެމަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަށްވާ ކަމަށް ވަޒީރު މިއަދުގެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

އެގޮތުން 20 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށާއި އެ ޕްރޮޖެކްޓްތަކަށް 1 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ އަދަދަށް ފައިސާ ހިމަނާފައިނުވާ ކަމަށާއި އެކަމާ ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން