ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
އެއްފަހަރާ 150 މަޝްރޫޢު ހިންގާނެ ކެޕޭސިޓީ އެމްޓީސީސީގައި ނެތް ކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ މިސަރުކާރު ވެރިކަމާ ޙަވާލުވީއިރު އެމްޓީސީސީއަށް އެވޯޑު ކުރުމަށްފަހު ނުފެށި ހުރި އެތައް މަޝްރޫއެއް ހުރި ކަމަށެވެ. އަދި މި ސަރުކާރުން އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ނުގޮސްހުރީ އެއްފަހަރާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ކެޕޭސިޓީ އެމްޓީސީސީގައި ނެތުމުން ކަމަށެވެ.

“އެމްޓީސީސީއަށް 150 އަށްވުރެ ގިނަ މަޝްރޫޢު ޙަވާލުކޮށްފައި އޮތް އިރުގައި އެބޭފުޅުންގެ ކެޕޭސިޓީގައި އެއްފަހަރާ ކުރިއަށް ގެންދަން އެވަރުގެ ކެޕޭސިޓީއެއް ނުވެސްނެތް.” ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން އެއްޓީސީސީއަށް އިރުޝާދު ދީފައިވާނީ މިހާރު ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންގޮސް ނިންމުމަށް ކަމަށާއި އޭގެ ފަހުން ތަރުތީބުން ދެންހުރި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

“އެއްވެސް މަޝްރޫޢެއް ހުއްޓާލަނީކީ ނޫން. ނަމަވެސް ވީހާވެސް އަވަހަކަށް މަޝްރޫޢުތައް ނިންމޭނެ ގޮތަކަށް ބަލައިގެން ބަޖެޓުގެ ތާށިކަން ހުރި މިންވަރާއި އަދި އެމްޓީސީސީގެ ކެޕޭސިޓީވެސް ހުރި މިންވަރަށް ބަލާފައި ވީހާވެސް އަވަހަކަށް ނިންމޭނެ ގޮތަކަށް މަޝްރޫޢުތައް ކުރިއަށް ގެންދަން ދަންނަވާފައިވާނީ.” މުއްޠަލިބް މިއަދު ވިދާޅުވެފައިވެއެވެ.

މުއްޠަލިބް މިއަދު އިތުރަށް ވިދާޅުވީ އެންމެ ބޮޑު މައްސައަކީ މިއަހަރަށް ދަޢުލަތުގެ ބަޖެޓް އެކުލަވާލާފައި އޮތްގޮތް ކަމަށާއި އެގޮތުން ބަނދަރެއްގެ މަސައްކަތް ފެށުމަށް ބަޖެޓުގައި ލައްކައެއްހާ ރުފިޔާވެސް ޖަހާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން