ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނު މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސްކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ފަނޑިޔާރު ޝުޖާއު އުޘްމާނު މަޤާމުގައި ހުންނަވައިގެން، ފަނޑިޔާރުންގެ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް އެތައްކަމެއްކޮށް ފާޅުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައި ވާތީ އޭނާ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ.

ޝުޖާއު އުޘްމާނުގެ މައްޗަށް ޖޭއެސްސީން ތަހްޤީޤުކުރަމުން ދަނީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ގއ.ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތްކުރުމުގެ އިތުރުން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރިމީހާ މިނިވަން ކުރާނެކަމަށް ބުނެ އެކަމުގެ މަޝްވަރާކޮށްފައިވާކަމަށް ހުށަހެޅިފައިވާ މައްސަލަތަކެއްކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން