ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރަން ސަރުކާރަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭގޮތް ހެދުމަށް ސަރުކާރަށް ލަފާދިނުމަށް ހުށައަޅުއްވާފައެވެ.
އެގޮތުން ނާޒިމް ވަނީ ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތަށް ހެދުމަށްޓަކައި ދައުލަތުގެ ކުންފުނިތަކުގެ ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާފައެވެ.
މިހާރު އޮންނަ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީއަށް ހުށަހަޅައި އެ ކޮމިޝަނުން ތަހުގީގުކޮށް ނިމެންދެން މުވައްޒަފުންނަށް މަގާމުގައި ތިބެވެއެވެ. ނަމަވެސް ނާޒިމް ވިދާޅުވީ އެއީ ކޮރަޕްޝަން އިތުރަށް ފެތުރުމަށް ހިތްވަރުލިބޭ ކަމެއް ކަމަށެވެ.
ނާޒިމްގެ މި ހުށައެޅުމަށް ތާޢީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ.
ނާޒިމްގެ ހުށައެޅުން ފާސް ކުރުމަށް މާލިއްޔަތު ކޮމިޓީގައި ނެގި ވޯޓުގައި މެންބަރުންގެ އިއްތިފާޤުން ވަނީ އެ ހުށައެޅުން ފާސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު