ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ދިވެހީންގެ ތެރޭގައި ތެލެސީމިއާގެ ހާލަތު އޮތީ ހޭލުންތެރިކަން އިތުރުކުރަންޖެހޭ މިންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިމޭރުމުން ވިދާޅުވީ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭނާއި ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވިދާޅުވީ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން ވެލިޑޭޝަން މަސައްކަތު ބައްދަލުވުމަކީ ވަރަށް މުހިންމު ޤައުމީ މަސައްކަތެއްގެ އިތުރުން އިންސާނީ ޚިދުމަތެއް ކަމަށެވެ.

އަދި ދިވެހީންގެ ތެރޭގައި ތެލެސީމިއާގެ ހާލަތު އޮތީ އިތުރަށް ވިސްނައި ހޭލުންތެރިވާންޖެހޭ ފަދަ ޙާލަތެއްގައިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް 955 ކުއްޖަކު ޞިއްޙީ މި ޙާލަތާ ގުޅިގެން ރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައި އެބަ ތިބިކަމަށާ އަދި 666 ކުއްޖަކު ފަރުވާ ހޯދަމުންދާކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ވިދާޅުވީ މި ސަރުކާރުން މި ބޮޑު ޤައުމީ މައްސަލައަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި 14 ކުދިން ރާއްޖޭން ބޭރަށް ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމައްޓަކައި ފޮނުވާފައިވާކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު މިހާރު ފަރުވާ ފުރިހަމަކޮށް ހެޔޮ ޙާލުގައި އެނބުރި ރާއްޖެ އައިސްފައިވާކަމަށެވެ.

މީގެ އިތުރުންވެސް ތެލެސީމިއާގެ ހާލަތު ރާއްޖޭގައި ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ރައީސް އޮފީހުން ބުނީ މިއީ ދިހަ އަހަރު ދުވަހަށް އަމާޒުކޮށްގެން އެކުލަވާލާ މާސްޓަރ ޕްލޭނެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން