މާލެ މަތިން ފެންނަ މަންޒަރެއް
މާލެ މަތިން ފެންނަ މަންޒަރެއް
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް 1474 ޕްލޮޓު ކަނޑައަޅާފައިވާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ލިޔުމުން ހުށައެޅުއްވި ފަސް ސުވާލަށް މިނިސްޓަރ އަސްލަމު ލިޔުމުން ދެއްވި ޖަވާބުގައިމާލޭ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލޭ ސަރަހައްދުން ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އަސްލަމް ވިދާޅުވީ ހައުސިންގްގެ ބާވަތްތައް ކަނޑައެޅީ ލިބޭ އާމްދަނީ އަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން އެންމެ ފަގީރު އާއިލާތަކަށް ކަނޑައަޅާފައިވަނީ ކައުންސިލް ހައުސިންގް އެވެ. އެއީ މަގުމަތިވިޔަ ނުދިނުމަށްޓަކައި ކުޑަ އަގެއްގައި މީހުން ދިރިއުޅެން ދައްކާ ބޯހިޔާވަހިކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 755،000 ރުފިޔާގެ ރޭންޖެއްގައި ސަބްސިޑައިޒްޑް ކައުންސިލް ހައުސިންގް އެޅޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ސަރުކާރުން ކޮންމެވެސް ވަރެއްގެ ސަބްސިޑީއެއް ދީގެން، 1 މިލިއަނާއި 1.5 މިލިއަނާއި ދެމެދުގެ އަގެއްގައި އެފޯޑެބްލް ހައުސިންގް ޔުނިޓުތަކެއް އެޅިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އަގު ހިފެހެއްޓުމުން މިޑްލް އިންކަމް ނުވަތަ މެދު އާމްދަނީ ލިބޭ ފަރާތްތަކަށް ގަނެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހި ކަމުގެ ވައްތަރުތައް ކަނޑައަޅާފައިވަނީ މާލޭގެ ހައުސްހޯލްޑްސް އިންކަމް ސަރވޭ އަށާއި ހައުސިންގް ނީޑަށް ބެލުމަށްފަހު ކަމަށެވެ. މާލެއަށް ރެޖިސްޓަރ ކޮށްފައިވާ މީހުންގެ ތެރެއިން 1336 އާއިލާއަކަށް ކައުންސިލް ހައުސިންގް ބޭނުންވާކަން ފާހަގަކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެހެން ރަށްރަށުން ހިޖުރަކޮށްގެން މާލޭގައި ދިރިއުޅޭ 3،137 އާއިލާއަކަށް ކައުންސިލް ހައުސިންގް ބޭނުންވާކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން