މާޝާ މިދުހަތު   17 އޯގަސްޓު 2020 - 18:58
ޖަޕާނު ސަރުކާރުން ރާއްޖެއަށް 43 މިލިއަން ރުފިޔާގެ އަގު ހުރި ސާމާނުގެ އެހީއެއް ދީފި އެވެ.

މިއަދު ހުޅުމާލޭ ކޯސްޓްގާޑު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުގެ އެހީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޮ ޔަނައި އެވެ. އެ ސާމާނަކީ މެރިޓައިމް ޕޮލިއުޝަން ރެސްޕޯންސް ވަރުގަދަ ކުރުމަށް ބޭނުންވާނެ ސާމާނުގެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއި ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަމަކީ މިސަރަޙައްދުގެ ޤައުމުތަކުގެ ވިޔަފާރިއާއި ގުޅިފައިވާ ކަމެއްކަމަށާއި އަދި ރާއްޖޭގެ ފަތުރުވެރިކަމާވެސް ގުޅިފައިވާ ކަމެއްކަމަށެވެ. އެހެންކަމުން ވިޔަފާރީގެ މުހިއްމު މި ރޫޓުގެ ސަލާމަތަށް މަސައްކަތްކޮށް ރާއްޖޭގެ އިގްތިޞާދު ޙިމާޔަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ސަފީރު ޔަނާއި ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ރާއްޖޭގެ ފަރާތުން ޖަޕާނުގެ އެހީ އާއި ޙަވާލުވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ރާއްޖެ އާއި ޖަޕާނާއި ދެމެދު އޮންނަނީ ދިވެހިންނަށް އެތައް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭ ފަދަ ގާތް ރަޙުމަތްތެރިކަމެއްކަމަށެވެ. އެކަމަނާގެ ވާހަކަފުޅުގައިވަނީ ޖަޕާނުން ރާއްޖެއަށް ޒަމާނުއްސުރެ އެކި ދާއިރާތަކުން ވެދެއްވާފައިވާ ގިނަގުނަ އެހީތެރިކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް ވަރުގަދަކުރުމަށްޓަކައި ޖަޕާނުން 2.8 މިލިއަން ޑޮލަރުގެ ސާމާނު ރާއްޖެއަށްވަނީ ހަދިޔާކޮށްފައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާއިރު ގާތްގަނޑަކަށް 43 މިލިއަން ދިވެހި ރުފިޔާއެވެ. އެހީގެ ސާމާނު ރާއްޖެއަށް ހަދިޔާކުރުމުގެ އިތުރުން މިދާއިރާއިން ކޯސްޓްގާޑްގެ 5 އޮފިސަރުން ޖަޕާނުގެ މެރިޓައިމް ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރުގައި ވަނީ ތަމްރީނުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން