ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިއު
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިއު
މި ސަރުކާރުން ކުޅިވަރުގެ މަޝްރޫޢުތައް އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި ކުރިޔަށް ގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ރާފިއު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ޙަވާލުވީއިރު ކުޅިވަރާބެހޭ ވުޒާރާގައި ދަޢުލަތުގެ ދެއަހަރުގެ ބަޖެޓަށްވުރެ އިތުރުވާ މިންވަރަށް މަޝްރޫޢުތައް ހުރި ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ރާފިޢު ވިދާޅުވީ އެކަން އެގޮތަށް އޮތް ނަމަވެސް މި ސަރުކާރުން އެ މަޝްރުޢޫތައް ކައުންސިލްތަކާ ވާހަކަ ދައްކައިގެން އެންމެ އިސްކަންދޭ ތަރުތީބަކުން ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ރަށެއް ތަފާތު ނުކުރަށްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“ރާއްޖޭގެ ވަކިރަށެއް ވަކި ރީޖަން އެއް ތަފާތު ކުރުމެއްނެތި ކުޅިވަރުގެ މަޝްރޫޢުތައް އަޅުގަނޑުމެން މި ސަރުކާރުގައި ކުރިއަށް ގެންދާނަން.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މިއަހަރުގެ ތިން ވަނަ އަދި ހަތަރުވަނަ ކުއަރޓާގައި ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއް އިޢުލާނު ކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި އެގޮތަށް އެކަން ކުރަށްވަން ނިންމެވީ ލިބިފައިވާ ބަޖެޓްގެ ކުޑަކަމުން އެކަން ޙައްލު ކޮށްގެން އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ރާފިޢު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން