މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު
މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު
ދައުލަތުގެ ހަރަދާއި އާމްދަނީ އާއި ދަރަނީގެ ބަޔާން އާންމު ކުރަން ނިންމަވާފައިވާ ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޝަފީޤު ވިދާޅުވީ ދަޢުލަތުގެ ދަރަނީގެ ސިޔާސަތާއި މާލީ ސިޔާސަތު ސިއްރު ކުރުމުގެ ނިޔަތް ސަރުކާރުގައި ނެތްކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ތަފްސީލްކޮށް އެނގެން ޖެހޭ މައުލޫމާތެއް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު މިއަދު ވިދާޅުވީ މީގެ ފަހުން ދައުލަތުގެ ދަރަންޏާއި މާލީ ބަޔާން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓާއި ސަރުކާރުގެ ގެޒެޓުގައި ވެސް އާންމު ކުރަށްވާނެ ކަމަށެވެ.

މީގެ ކުރިންވެސް މާލީ ވުޒާރާއިން އެ ރިޕޯޓްތައް މަޖިލީހާއި ހިއްސާކުރުމަށް ފަހު މާލީ ވުޒާރާގެ ވެބްސައިޓުގައި އާންމު ކުރެއެވެ. އެ ރިޕޯޓްތައް ސިއްރު ކުރެއްވުމަށް މަޖިލީހުގައި މީގެ ކުރިން އެދިވަޑައިގަތީވެސް ވަޒީރު ޝަފީޤެވެ.

ދައުލަތުގެ ހަަރަދަށް ޒިންމާވުމުގެ ގާނޫނުގައި ވަނީ ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ދަޢުލަތުގެ ފިސްކަލް ސްޓްރެޓަޖީ ބަޔާނާއި ދަރަނީގެ ސްޓްރެޓަޖީ ބަޔާނު މާލީ ވުޒާރާއިން މަޖިލީހާއި ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން