ރައްޔިތުންނާ ގުޅުންހުރި ޓެކްސްތައް ބޮޑު ކުރުމުގެ ވިސްނުމެއް ނެތްކަމަށް ދަޢުލަތުގެ މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޝަފީޤު ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އާއި ބީޕީޓީ ފަދަ ރައްޔިތުންނާ ސީދާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
“ވިސްނުމަކީ ޓެކުހުން ރައްޔިތުންނަށް ބުރައެއް ނުވާ ގޮތަށް ކުރިޔަށް ގެންދިއުން. ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތުހޯލްޑިން ޓެކްސް ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެން.” ޑރ. ޝަފީޤު ވިދާޅުވެފައިވެއެވެ.
ޑރ. ޝަފީޤު މިއަދު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނާ ގުޅުންހުރި ޓެކްސްތައް ބޮޑު ނުކުރި ނަމަވެސް ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރު ކުރުން ކަމަށެވެ. އެހެން ކަމުން ބައެއް ކަހަލަ ފީތައް ބޮޑު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ދައުލަތުން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކެއް ހުރުމުން ބޭރު ފައިސާގެ އާމްދަނީ އިތުރު ކުރަންޖެހޭ ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރު ދަރަނީގެ ގޮތުގައި ޖުމްލަ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި 2026 ވަނަ އަހަރު ދައްކަން ޖެހޭ ދަރަނީގެ ޖުމްލަ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ.
އެހެންކަމުން އެކަމަށް މަގުފަހިކުރުމަށްޓަކައި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ޓެކްސް ބޭސް ފުޅާކުރުމަށާއި ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަށްވާނެ ކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަޒީރު ވަނީ ދަރަނި ދެއްކުމުގެ އިތުރުން ތެޔޮ ގަތުމަށް ކުރާ ހޭދައާއި ސިއްޙީ ދާއިރާއަށް ހޯދަންޖެހޭ ބައެއް ތަކެއްޗަށްވެސް ފައިސާ ދައްކަން ޖެހެނީ ޑޮލަރުންކަން ފާހަގަ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު