އިޓަލީގެ އަސްކަރީ ޖެޓުތަކެއް ޓެކްނިކަލް ސްޓޮޕަކަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސައިފިއެވެ.

ފާއިތުވި މަހު ވެސް އިޓަލީވިލާތުގެ އަސްކަރީ ޖެޓުތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސިއެވެ. އެފަހަރު ތެޔޮ އެޅުމަށްޓަކައި ރާއްޖެ އައީ ހަތަރު "ޔޫރޯފައިޓަރ ޓައިފޫން" މަރުކާގެ ފައިޓަރ ޖެޓާއި އެއް ސަޕޯޓު އެއަރކްރާފްޓެވެ. މިއަހަރު ދެވަނަ ފަހަރަށް މިއައީވއިޓަލީވިލާތުގެ އަސްކަރިއްޔާގެ ދިހަ ވަރަކަށް ޖެޓެވެ.

ކުރީ ފަހަރެކޭ އެއްފަދައިން މި ޖެޓުތަކަކީ ޓެކްނިކަލް ސްޓޮޕަކަށް ޖެއްސި ޖެޓްތަކެއް ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ހާމަކުރިއެވެ.

މިދިޔަ އަހަރުގެ ތެރޭގައިވެސް އިޓަލީ އެއަރފޯސްގެ ޖެޓުތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސިއެވެ.

މިގޮތަށް ޖައްސާ އަސްކަރީ މަތިންދާބޯޓުތަކަކީ ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެން ޖައްސާ ބޯޓުތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން