އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) ސަރުކާރުގެ ސައިބަ ސެކިއުރިޓީގެ އިސްވެރިޔާ ޑޮކްޓަރ މުޙައްމަދު އަލް ކުވައިތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން ފާހަގަކުރައްވައި ފާއިތުވި އަހަރުތަކުގައި ޔޫއޭއީގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދެވި އެހީތެރިކަމާއި ފަހިކޮށްދެއްވަމުން ދިޔަ ފުރުޞަތުތައް ވެސް ފާހަގަ ކުރައްވްައިފަ އެވެ.

އަދި މިއީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ އަހުވަންތަކަމުގެ ގުޅުމުގެ ހެއްކެއްކަމަށް ރައީސް ވިދާޅުވި އެވެ.

ހަމަ އެހެންމެެ ރާއްޖޭގެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫއޭއީން މިހާރު ކުރިޔަށްގެންދަވާ މަޝްރޫއު ވެސް ރައީސް މުއިއްޒު މިއަދު ފާހަގަ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ސައިބާ ސެކިއުރިޓީގެ އިސްވެރިޔާ ވަނީ ޑާޓާ ޕްރޮޓެކްޝަނާއި ސައިބަރ ސެކިއުރިޓީއާއި މިސްއިންފޮމޭޝަނާ އަދި ޑިސްއިންފޮމޭޝަން މަދުކުރުމުގައި އެއްބާރުލުން އިތުރުކުރުމާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ކަމާގުޅޭ އޮފިޝަލުން އަހުލުވެރިކުރުމަށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން