ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ފޮރިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ ފައިސާގެ ބޮޑެތި މައްސަލަތަކެއް ފެންނަން އޮތް އޮޑިޓް ރިޕޯޓެއް ހިފަހައްޓާފައި އެބައޮތް ކަމަށް ތުހުމަތު ކުރައްވައި އެ ރިޕޯޓް ހާމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކުގައި މާލިއްޔަތު ގަވާއިދާ ޚިލާފު އެތައް ކަންތައްތަކެއް ހުރި ކަން އެ ދެ މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ހާމަވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ، ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން އެނގުނީ ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރުމުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރި ކަމެވެ. އަދި ފޮރިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއްގައި ވެސް ބޮޑެތި މައްސަލަތަކެއް ފެންމަތި ކޮށްފައިވާ ކަމަށާއި އެ ރިޕޯޓް ނުނެރެ، ހިފަހައްޓާފައިވާ ކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެވެ.

"ވަރަށް މުއުތަބަރުކޮށް އެބަ މައުލޫމާތު ލިބޭ ފޮރިން މިިނިސްޓްރީގެ އޮޑިޓް ރިޕޯޓެއް ވެސް އެބައޮތް. ހާމަނުކުރަނީ އެ ރިޕޯޓުގައި އެބައޮތް އިންތިހާއަށް ކަންބޮޑުވާ ކަންތައްތައް. އިންތިހާ އަށް ބޮޑެތި ވައްކަންތައް ހިނގާފައި އޮތް ކަމަށް. އަޅުގަނޑު އެދެން އެ ރިޕޯޓް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެތައް ރައްޔިތުންނެއް ހާލުގައި ޖެހި، އިގްތިސާދު ދަށްވެފައި ވަނިކޮށް ފެނުނީ ސަރުކާރުން ބޮޑެތި ޚިޔާނާތްތަކެއް ހިންގި މަންޒަރު ކަމަށެވެ. ދައުލަތަށް އެހީގެ ގޮތުގައި ލިބުނު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ވީގޮތެއް ނޭނގޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން މިއަދުގެ ޖަލްސާގައި ވަނީ ގޮވާލައްވާފައެވެ. އޮޑިޓް ރިޕޯޓްތަކުގެ މައްސަލަ މަޖިލީހުުގެ މާލިއްޔަތު ކޮމިޓީން ވެސް މިހާރު ވަނީ ބަލަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން