ރައްޔިތުންގެ މަޖިިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ސިޔާސީ މީހުންނަށް ޖުޑީޝަލް ސާވިސް ކޮމިޝަންގައި ނުތިބެވޭ ގޮތަަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ހުށަހަޅުއްވައިފި އެވެ.

ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ހުށައެޅުއްވި ބިލުގައި ބުނެފައި ވަނީ، ގާނޫނު އަސާސީ މިހާރު އޮތް ގޮތަށް ޖޭއެސްސީއަށް މެމްބަރުން އައްޔަން ކުރުމުން އެކޮމިޝަނުން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާކަން ފާއިތުވި 12 އަހަރުގެ ތެރޭގައި ފާހަގަވެފައިވާ ކަމަށެވެ. އެއީ ގާނޫނު އަސާސީ އިން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ލިބޭ މިނިވަންކަމާއި މުސްތަގިއްލުކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެން ވަނީ 10 މެމްބަރުންގެ މައްޗަށެވެ. އޭގެތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މީހަކާއި، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުފިޔަވައި ސުޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރެއްގެ އިތުރުންދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރެކެވެ. އަދި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން، އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ވަކީލުންގެ ފަރާތުން އިންތިހާބު ކުރާ މެމްބަރަކު ވެސް ޖޭއެސްސީގައި ހިމެނެއެވެ.

މެމްބަރު ތޯރިގް ހުށައެޅުއްވީ މަޖިލިސް ރައީސާއި މަޖިލިސް މެމްބަރު، މަޖިލީހުން ކަނޑައަޅާ މީހާ، ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު، ބަންޑާރަނައިބު އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމަނާ ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރަކާއި ރިޓަޔާކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި ވަކީލުންގެ ތެރެއިން ބޭފުޅަކާއި ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތް ކިޔަވައިދޭ ލެކްޗަރާއަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސް ހުށަހަޅުއްވައި، މަޖިލީހުން ރުހުންދޭ މެމްބަރަކު ހިމެނުމަށެވެ.

އުއްތަމަ ފަނޑިޔާރު ފިޔަވައި ބާކީ ތިއްބެވި ބޭފުޅުންނަށް ޖޭއެސްސީގެ މެމްބަރުކަން ކުރެއްވޭނީ ފަސް އަހަރުގެ އެއް ދައުރުގައި ކަމަށް އިސްލާހުގައިވެއެވެ. ދައުރު ހަމަވުމުން އެ ބޭފުޅަކަށް ޖޭއެސްސީގެ މެމްބަރުކަމުގެ އިތުރު ދައުރެއް އަދައެއް ނުކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ އެވެ. އެ ބިލަށް އަމަލު ކުރަން ފަށާނީ، މަޖިލީހުން އެ އިސްލާހު ފާސްވެ، ތަސްދީގުކޮށް، ގެޒެޓް ކުރާ ދުވަހުން ފެށިގެންނެވެ. އެއާއެކު ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު، 90 ދުވަހުގެ ތެރޭގައި ޖޭއެސްސީގެ ގާނޫނާއި ގަވައިދު އިސްލާހުކޮށް އާ ކޮމިޝަން އުފައްދަންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.

މިހާރު އޮތް ޖޭއެސްސީއަކީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ގޮތްޕެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. މި ސަރުކާރުގެ އިސްފަރާތްތަކުން އޭރު އިދިކޮޅުގައި ތިއްބެވި އިރު، ޖޭއެސްސީ އެތުރިފައިވާ ގޮތަށް ފާޑުކިޔައި، އެކަން ބަދަލު ކުރާނެ ކަމަށް ވައުދު ވި ނަމަވެސް ވެރިކަމުގެ އާރާއި ބާރު ލިބުމުން އެމަސައްކަތް ކުރިއަށް ނުގެންދާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން