ރާއްޖޭގެ ފަތުރުވެރި ކަމަކީ ދިވެހިންނަށްޓަކައި ހިންގޭ އެއްޗަކަށް ވާންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު ފަތުރުވެރިކަމާބެހޭ ޤާނޫނަށް ހުށައަޅުއްވާފައިވާ އިސްލާހުގެ ބަހުސްގައި މައުރޫފް މިއަދު ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ލޭނާރުކަމަށާއި ފަތުރުވެރިކަމުގެ ހަގީގީ މަންފާ ދިވެހިންނަށް ލިބޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރަންޖެހޭ ކަމަށެވެ.
މައުރޫފް މިއަދު ވިދާޅުވީ މިއަދާއި ހަމައަށް ފަތުރުވެރިކަމުގެ މަންފާ ބޮޑަށް ލިބެމުން ދިޔައީ ރިސޯޓު އޮޕަރޭޓަރުންނަށް ކަމަށާއި ނަމަވެސް އެކަން ބަދަލުވާން ޖެހޭ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުން ނަގާ ޓެކްސްތަކަކީ ޕްރޮގްރެސިވްކޮށް ނަގާ ޓެކްސްތަކަކަށް ހެދުމަށް މައުރޫފް ވަނީ ގޮވާލައްވާފައެވެ.
“ޓޫރިޒަމްގެ ބޮޑު ފައިދާ ވެފައިވަނީ ރިސޯޓު އޮޕަރޭޓު ކުރާ ފަރާތްތަކަށް. އަޅުގަނޑުމެން މިއަދު ވިސްނަންވެއްޖެ. މި ޓޫރިޒަމަކީ ދިވެހިންނަށްޓަކައި ހިންގޭ ޓޫރިޒަމަކަށް ބަދަލު ކުރަން އެބަ ޖެހޭ.” މައުރޫފް މިއަދުގެ ބިލުގެ ބަހުސްގައި ވިދާޅުވެފައިވެއެވެ.
މައުރޫފް މިއަދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމަށް އިންވެސްޓް ކުރާ ފަރާތްތަކުން 15 އަހަރުގެ ތެރޭގައި ތިން ރިސޯޓަށް އިންވެސްޓްކުރާ ކަމަށާއި ނަމަވެސް އެދާއިރާގައި 15 އަހަރު މަސައްކަތްކުރާ މުވައްޒަފަކަށް 15 އަހަރުން އަމިއްލަ ގެދޮރު ޢިމާރާތްކޮށް ނިންމާނުލެވޭ ކަމަށެވެ.
އެހެންކަމުން އެކަންކަމާމެދު ވިސްނައިގެން ފަތުރުވެރިކަމުގެ ސިޔާސަތުތައް ބައްޓަން ކުރެއްވުމަށް މައުރޫފް މިއަދު ގޮވާލެއްވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ. އަދި ބިލުގެ ކޮމިޓީ މަސައްކަތް ނިންމާ މިއަދުވަނީ މަޖިލީހުގެ ތަޅުމަށް ބިލް ފޮނުވުމަށްވެސް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު