ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ގިނަ ހައުސިން ޔުނިޓްތަކުގެ މަސައްކަތްތައް ނިމޭނީ 2023 ވަނަ އަހަރުގައި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ 10294 ހައުސިން ޔުނިޓުގެ މަސައްކަތް މިހާތަނަށް އަދި ފެށިފައިނުވާ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އެފްޑީސީ އެފޯޑަބަލް، 4000 ހައުސިންގް ޔުނިޓްގެ މަސައްކަތް ފެށޭނީ މިއަހަރުގެ ނޮވެމްބަރު މަހުކަމަށާއި މިސައްކަތް ނިންމާލެވޭނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ކަމަށެވެ. އަދި މިކްސްޑް ޔޫސް ރެސިޑެންޝިއަލް 744 ހައުސިންގް ޔުނިޓް ޖެނުއަރީ 2022 ވަނަ އަހަރު ފެށޭއިރު މިމަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައި ވަނީ 2024 ޖެނުއަރީގައި ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ޕްރިމިއަމް ވިލާ 78 ހައުސިންގް ޔުނިޓްގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި ނިންމާލެވޭނީ 2025 އަހަރުގެ ޖެނުއަރީގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ސީއެޗްސީ ހައި އެންޑް 1155 ހައުސިންގް ޔުނިޓްގެ މަސައްކަތް 2021 ވަނަ އަހަރުގެ ޖޫން މަހު ފަށަން ނިންމާފައިވާއިރު އެތަނުގެ މަސައްކަތް ނިމޭނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އެފްޑީސީ ސައިނޯ ހައިޑޯ އެފޯޑަބަލް 1700 ހައުސިންގް ޔުނިޓްގެ މަސައްކަތް މިއަހަރުގެ އޮކްޓޫބަރު މަހު ދޭއްގައި ފަށަން ނިންމާފައިވާއިރު އެތަން ނިމޭނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށް އަސްލަމް ވިދާޅުވިއެވެ. ޖޭވީއެމްއައިޕީއެންއާރުސީ 162 ހައުސިންގް ޔުނިޓްގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގައި ފެށޭނެކަމަށް ވިދާޅުވިއިރު އެ މަސައްކަތް ނިންމާލެވޭނީ 2022 ވަނަ އަހަރު ކަމަށެވެ.

އެޗްޑީސީ ކައުންސިލް ހައުސިން 2000 ހައުސިން ޔުނިޓްގެ މަސައްކަތް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށޭނެ ކަމަށް ވިދާޅުވެފައިވާއިރު އެމަސައްކަތް ނިންމާލެވޭނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އޭގެ އިތުރުން، އެޗްޑީސީ ހައި އެންޑް 355 ހައުސިންގް ޔުނިޓްގެ މަސައްކަތް 2021 ވަނަ އަހަރު ފެށޭއިރު ނިމޭނީ 2023 ވަނަ އަހަރުގެ ޖެނުއަރީއަށް ކަމަށް ވެސް ވިދާޅުވި އެވެ. 

އަސްލަމް ވިދާޅުވީ އެތަނުގައި ހިމެނޭ ދެ ކޮޓަރީގެ ތަންތަން 650 އަކަފޫޓަށްވުރެ ކުޑަ ނުވާނެ ކަމަށެވެ. އަދި ތިން ކޮޓަރީގެ ތަންތަން 900 އަކަފޫޓަށްވުރެ ކުޑަ ނުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ޖޭވީއެމްއައިޕީއެންއާރުސީ 162 ހައުސިންގް ޔުނިޓްގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގައި ފެށޭނެކަމަށާއި އެ މަސައްކަތް ނިންމާލެވޭނީ 2022 ވަނަ އަހަރު ކަމަށް އަސްލަމް ވިދާޅުވިއެވެ. އެޗްޑީސީ ކައުންސިލް ހައުސިންގެ 2000 ހައުސިން ޔުނިޓްގެ މަސައްކަތް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު އެމަސައްކަތް ނިންމާލެވޭނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. 

އޭގެ އިތުރުން، އެޗްޑީސީ ހައި އެންޑް 355 ހައުސިންގް ޔުނިޓްގެ މަސައްކަތް 2021 ވަނަ އަހަރު ފެށޭއިރު، ނިމޭނީ 2023 ވަނަ އަހަރުގެ ޖެނުއަރީއަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. 

އަސްލަމް ވިދާޅުވީ އެތަނުގައި ހިމެނޭ ދެ ކޮޓަރީގެ ތަންތަން 650 އަކަފޫޓަށްވުރެ ކުޑަ ނުވާނެ ކަމަށެވެ. އަދި ތިން ކޮޓަރީގެ ތަންތަން 900 އަކަފޫޓަށްވުރެ ކުޑަ ނުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން