ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު
ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު
ރައީސް އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒް އެމަޤާމުން ވަކިކޮށްފިއެވެ.

ރަމީޒް މަގާމުން ވަކިކޮށްފައިވަނީ ސަސްޕެންޝަނުގައި ގިނަ ދުވަސްތަކެއްވަންދެން ބެހެއްޓުމަށް ފަހުއެވެ. ނަމަވެސް މިކަމާގުޅޭ ގޮތުން ރައީސް އޮފީހުގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އާދަމް ރަމީޒު، ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ރައީސް މުޢިއްޒާއި ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ފާހަގަކުރެވުނު ރަމީޒު ސަސްޕެންޑް ކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އޭނާގެ ކުރީގެ އަނބިކަނބަލުން ޝަމްނާޒް ސަލީމު ހައްޔަރު ކުރުމަށްފަހުއެވެ.

އެމައްސަލައާއި ގުޅިގެން އެންވަރަންމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ސަލީމަށް ދަޢުވާ ނުކުރުމަށް ނިންމައި ޕީޖީ އޮފީހުން މިހާރުވަނީ އެ މައްސަލަ ފައިލް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން