ކޯވިޑް-19އާއި ގުޅިގެން އޮންލައިންކޮށް ބާއްވަމުން ގެންދިޔަ ނޫސްކޮންފަރެންސްގެ ތެރެއިން
ކޯވިޑް-19އާއި ގުޅިގެން އޮންލައިންކޮށް ބާއްވަމުން ގެންދިޔަ ނޫސްކޮންފަރެންސްގެ ތެރެއިން
ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހަރަކާތްތައް އަލުން ފަށަން ނިންމައިފިއެވެ.

އެމްޖޭއޭ އިން ރޭ ނެރުނު އިިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ މީޑިއާތަކެއްގެ ނޫސްވެރިން ހިމެނޭ ގޮތުން ހިންގަމުން އައި އެމްޖެއޭގެ ހަރަކާތްތައް ނުހިނގާ އޮންނަތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު އަލުން އެ ޖަމްއިއްޔާގެ ހަރަކާތްތައް ހިންގުމަށް މަސްއޫލުވެރިން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް (ޔޫތު މިނިސްޓްރީ) އިން ޖަމްއިއްޔާއަށް އަންގާފައި ވަނީ، އަންނަ މަހުގެ 13ގެ ކުރިން ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ކަމަށް ވެސް އެއިއުލާނުގައި ވަނީ ބުނެފައެވެ.

ޖަމިއްޔާ ނުހިނގާތާ ގިނަ ދުވަސް ވުމުގެ ސަބަބުން މެމްބަރުންގެ ދަފްތަރުގެ ސައްހަކަން ގެއްލިފައިވާތީ އަލުން މެމްބަރު ކަމަށް ވެސް ވަނީ ހުޅުވާލާފައެވެ. މެމްބަރު ކަމަށް އެދި ދިވެހި ހުރިހާ ނޫސްވެރިންނާއި ފްރީލާންސާސް އާއި ކޮންޓްރިބިއުޓާސް އާއި ފޮޓޯގްރާފަރުންގެ އިތުރުން ކާޓޫނިސްޓުންނާއި އާޓީސްޓުން އަދި އެޑިޓަރުންނަށް ހުށަހެޅޭނެ ކަމަށް ވެސް ޖަމިއްޔާއިން ބުނެފައި ވެއެވެ.

އެގޮތުން މިމަހުގެ 31 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް ޖަމިއްޔާގެ މެމްބަރަކަށް ވުމަށް ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. އަދި ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ 5 ވަނަ ދުވަހު މެންދުރު 2:00 ގައި އޮންލައިންކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައިވެއެވެ. މެމްބަޝިޕް ފޯމާއި އެހެންވެސް ލިޔުންތައް މި ލިންކު މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ ކަމަށް އެމްޖޭއޭ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން