ދެރަށެއްގެ ފުޓްސަލް ދަނޑު އެޅުމަށް ބަޔަކާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދެރަށެއްގެ ފުޓްސަލް ދަނޑު އެޅުމަށް ބަޔަކާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ތ. ހިރިލަންދޫ އަދި ތ. އޮމަދޫގައި ފުޓްސަލް ދަނޑު ގާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ތ. ހިރިލަންދޫގައި ފުޓްސަލް ދަނޑެއް ގާއިމްކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ޓްރިޕަލް އެއިޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ފައިސަލްއެވެ.

މި މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި ވަނީ 1،458،297.40 ރުފިޔާއަށް ކަމަށް ޔޫތް މިނިސްޓްރީ އިން ބުނެ އެވެ. ތ. އޮމަދޫގައި ފުޓްސަލް ދަނޑެއް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ ޓްރިއޯ ލިންކް އިންވެސްޓްމެންޓްސްއާއެވެ. ޔޫތު މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ޓްރިއޯ ލިންކް އިންވެސްޓްމެންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަދުހަމް އަލީއެވެ. މި މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި ވަނީ 1،251،540.63 ރުފިޔާއަށް ކަމަށް ޔޫތް މިިނިސްޓްރީ އިން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން