އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ނެޝެނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު އަޤްޞާ މިސްކިތުގައި--
އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ނެޝެނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު އަޤްޞާ މިސްކިތުގައި--
މުސްލިމުންގެ ތިންވަނަ އަށް އެންމެ މުޤައްދަސް މިސްކިތުގެ މައްސަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއް ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފި އެވެ.

މިއަދުގެ ޚުޠުބާގައި ބުނީ ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫން ކަމަށާއި އެއީ ހަމަ އެކަނި ޢަރަބީންގެ މައްސަލައެއް ވެސް ނޫން ކަމަށެވެ.

އެހެން ނަމަވެސް އެއީ ހުރިހާ މުސްލިމުންގެ ޤަޟިއްޔާއެއް ކަމަށާއި މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަންކުރުމަށްޓަކައި އެންމެހައި މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާންޖެހޭނެ ކަމަށެވެ.

ހަމަ އެހެންމެ އެ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

"ޤުދުސަކީ ޔަހޫދީންގެ ރަށެއް ނޫނެވެ. އެ ބިމުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އަރަބިކަރައިގެ ކަންޢާނީ ގަބީލާގެ ޔަބޫސީ ދަރިކޮޅުގެ މީހުންނެވެ. އެއީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ތިން ހާސް ފަސް ސަތޭކަ އަހަރު ކުރީންނެވެ. އަރަބީން މި ބިމުގައި ދިރިއުޅެމުން ދަނިކޮށް ބަނީ އިސްރާއީލު ބާގައިގެ ބުންޔާމީން ދަރިކޮޅާއި ޔަހޫޛާ ދަރިކޮޅުގެ މީހުން މި ބިމަށް އައިސް ބަނޑަހަޖެހީއެވެ." ޚުޠުބާގައި ބުނެފައި ވެއެވެ.

އެ މާތް ބިމުގައި ދާއޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލް ހޯދުމުގެ ނަމުގައި މިއަދު ޒަޔަނިސްޓުން މަސްޖިދުލްއަޤްޞާގެ ވަށައިގެން ކޮންނަމުން ދާ ދިޔުމަކީ، މި މާތް މިސްކިތްކޮޅު ނައްތައިލުމުގެ ނުބައި މަގުސަދުގައި ހިންގަމުންދާ ޖަރީމާއެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައި ވެއެވެ.

"ޤުދުސްގެ މަސްއަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެކެވެ. އެއީ މުސްލިމުންގެ ބިމެކެވެ. މިއަދު މުސްލިމުންގެ ގިނަ ބަޔަކަށް ޤުދުސްގެ ނަން މެނުވީ ނެނގޭ ކަހަލައެވެ. ޒަޔަނިސްޓުންގެ އަޑުގަދަ ދުންމާރިއާއި މީޑިޔާގެ ޒަރީޢާއިން އެއީ ޔަހޫދީންގެ ބިމެއްކަމުގައި ސާބިތުކޮށްދެވޭތޯ މަސައްކަތްކުރިޔަސް އެއީ ހަމަ މުސްލިމުންގެ ބިމެކެވެ. ފަލަސްޠީނު މީހުންގެ ބިމެކެވެ." ޚުޠުބާގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން