ފުޅިތޮށިކޮޅު އަނގަޔަށް ހެރި ކުއްޖާ ޒަޚަމްވެފައި
ފުޅިތޮށިކޮޅު އަނގަޔަށް ހެރި ކުއްޖާ ޒަޚަމްވެފައި
ގދ. ތިނަދޫ ފިހާރައަކުން ވިއްކި ހެދިކާއެއްގެ ތެރޭގައި އޮތް ފުޅިތޮށިކޮޅެއް އަނގަޔަށް ހެރި ކުއްޖަކު ޒަޚަމް ވެއްޖެއެވެ.

މިޙާދިސާގެ މަޢުލޫމާތު ޢާއްމު ފަރާތަކުން ޙިއްސާކޮށްފައި ވަނީ އޭނާގެ ފޭސްބުކް ޕޯސްޓެއްގައެވެ.

ފޭސްބުކް ޕޯސްޓުގައި ތިނަދޫ ބަހުން އަންހެން މީހާ ބުނެފައިވަނީ އިއްޔެ ހަވީރު ތިނަދޫ ސުމަން ފިހާރައިން ގަތް ހެދިކާއެއްގެ ތެރޭގައި އޮތް ފުޅިތޮށިގަނޑެއް އަނގައަށް ވަދެ، ކޮއްކޮއެއްގެ އަނގައިގެ އެތެރެ ކަފައިގެން ގޮސްފައިވާ ކަމަށެވެ.



އަދި އެއީ އެރަށު ވަރަށް ގިނަ މީހުން ހެދިކާ ގަންނަ ތަނެއް ކަމަށާއި ހެދިކާ ވިއްކާއިރު ސާފުތާހިރު ކަމަށް ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމަށް އެމީހާ ފޭސްބުކްގައި ލިޔެފައިވެއެވެ.

އެ ޕޯސްޓުގައި ވަނީ ހެލްތު މިނިސްޓްރީ އާއި، ތިނަދޫ ކައުންސިލް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ ޓެގު ކޮށްފައެވެ. ނަމަވެސް މިކަމާ ބެހޭގޮތުން ރަސްމީ އިދާރާއަކުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން