ކޯވިޑް-19ގައި ނިޔާވި މީހެއްގެ ޖަނާާޒާ ކުރިއަށްދަނީ
ކޯވިޑް-19ގައި ނިޔާވި މީހެއްގެ ޖަނާާޒާ ކުރިއަށްދަނީ
ކޯވިޑް-19 ޖެހިގެން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ ދިވެއްސެކެވެ.ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 64 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހަވީރު 05:35 ގައި ނިޔާވެފައިވާ ކަމަށެވެ.

އެއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 23 އަށް އަރާފައެވެ. ރާއްޖޭގައި މިވަގުތު ކޮވިޑް-19 ޖެހިފައިވާ 2414 މީހުން އެބަތިއްބެވެ. މީގެތެރެއިން 146 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން