ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
މިއަދު ނިޔާވި މުޙައްމަދު ޒާހިރަކީ އިސްލާޙީ މަސައްކަތުގައި ގިނަ ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ޒާހިރު ނިޔާވުމުގެ ހިތާމައިގައި ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖުގައެވެ.

އެގޮތުން ރައީސް ޞާލިޙް ވިދާޅުވީ އަލްމަރުޙޫމް މުޙައްމަދު ޒާހިރަކީ ރާއްޖޭގައި ސިޔާސީ އިޞްލާޙީ މަސައްކަތުގައި ގިނަ ޤުރުބާނީތަކެއް ވެވަޑައިގެންނެވި އަދި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.



ރައީސް ޞާލިޙް ވަނީ އަލްމަރުޙޫމް މުޙައްމަދު ޒާހިރަށް ސުވަރުގެ މިންވަރުކޮށް ދެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ކުރަށްވާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒާހިރު ނިޔާވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރު އެވެ.

ޒާހިރަކީ އެމްޑީޕީގެ އިސް ފައުންޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާވަނީ އެމްޑީޕީގެ ފޮނަދޫ ދާއިރާގެ ރައީސްކަން ކުރަށްވާފައެވެ. އޭގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަން ކުރަށްވާފައި ވެއެވެ.

ޒާހިރު ނިޔާވިއިރު އަނތްބަކާއި ނުވަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ނިޔާވިއިރު ޢުމުރަކީ 76 އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން