އޭސީސީގެ ރައީސާ
އޭސީސީގެ ރައީސާ
ހެލްތް މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ މައްސަލައެއް އެކުލެވިގެން ނުވާކަމަށް އެއް އިރެއްގައިވެސް ބުނެފައި ނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގައި ކޮރަޕްޝަނުގެ ޢަމަލެއް ނެތް ކަމަށް އޭސީސީން ނިންމާފައިވާކަން ދޭހަވާގޮތަށް މީޑިއާތަކުންނާއި މީސްމީޑިއާގައި ޚަބަރު ފެތުރެމުންދާ ކަމަށެވެ. އެހެން ނަމަވެސް، ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ޢަމަލު ކޮށްފައިވާގޮތާ ގުޅޭގޮތުން ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކީ، އަމިއްލައަށް އިސްނަގައިގެން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަޙުޤީޤަށް އަސަރުކޮށްފާނެ ފަދަ މަޢުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ޚުލާޞާ ރިޕޯޓެއް އެކުލަވާލައި 21 މޭ 2020 ގައި ރިޕޯޓު އާންމުކޮށްފައިވާނެ ކަމަށެވެ.

12 ސޮފްހާގެ މައްޗަށް ތައްޔާރުކޮށް އޭރު އޭސީސީން އާންމުކުރި ރިޕޯޓްގައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޑޮކިއުމެންޓްތަކާއި އުސޫލުތައް ފުރިހަމަކޮށްގެން ކަންތައްތައް ކުރުމުގައި ދަތިތަކެއް ދިމާވަމުން މަސައްކަތްތަކަށް ލަސްތަކެއްވަމުންދާ ކަމަށް ބަޔާންކޮށް، މެޝިނަރީޒްއާ އިކުއިޕްމެންޓުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ ހޯދަން ޖެހޭ ޑޮކިއުމެންޓް ހުށައަޅަން ނުޖެހޭ ގޮތަށް ހެލްތުގެ ޓެންޑަ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް ގެންދިއުމުގެ ހާއްސަ ހުއްދައަކަށް ހެލްތުން އެދުމުން، އެކަމަށް ހާއްސަ ބަޖެޓެއް ހަމަޖައްސައި އެ ބަޖެޓްގެ ތެރެއިން ސީދާ އެ ޚަރަދު ކުރާގޮތަށް ހެލްތުގެ ބިޑް ކޮމިޓީ މެދުވެރިކޮށް އެފަދަ މަސައްކަތާއި ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހާއްސަ ހުއްދައެއް ދީފައިވާކަން ފާހަގަކުރެެވޭ ކަމަށް ބަޔާނުގައިވެއެވެ.

އޭސީސީގެ ރިޕޯޓް ނިންމާލަމުން ހުލާސާ ގައި ބުނެފައިވަނީ، ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ބޭރުން، ހާއްސަ ހުއްދަ ދިނުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަޤްސަދުތައް ހާސިލުކުރުމަށް ހުރަސްއެޅޭ އަދި ހިރާސް އިތުރުވާނެ ކަމެއްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމަށް އާންމުން ކުރާ އިތުބާރު ކުޑަވެ، ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހުތިމާލު ނުހަނު ބޮޑުވެގެން ދާނެކަމަށެވެ. އެހެން ކަމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ރިޕޯޓު ނިންމާލަމުން އޭސީސީން އޭރު ބުނެފައިވެއެވެ.

އޭސީސީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައި ނުވާނެ ކަމަށެވެ. އޭސީސީން މިހެން ބުނި ނަމަވެސް ވެންޓިލޭޓަރު ގަތުމުގެ މައްސަލައިގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މީޑިއާތަކުން ޚަބަރު ފަތުރާން ފެށުމުން އެވާހަކަ އޭރު ހުއްޓުނީ އޭސީސީން ނެރުނު ރިޕޯޓުގައި ވެންޓިލޭޓަރު ގަތުުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް ދޭހަވާ މޭރުމަކުން ރިޕޯޓެއް ނެރެ މީޑިއާތަކުން އެވާހަކަ ދެއްކުން ހުއްޓުމަކަށް ގެނައުމުންނެވެ.

ނަމަވެސް މިއަދު ބުނެފައިވަނީ މި މައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް ފުރިހަމަ ކުރުމުގެ މަރުޙަލާގައި ވާކަމަށެވެ. މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް މި މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލާއެކު މި ހަފްތާ ތެރޭގައި މަޝްވަރާ ކުރަން ފަށާނެ ކަމަށް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ފުލުހުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ތިންނާޅި

18-Aug-2020

އަތައްގޮވީމަ ތެޅިގަތީ މިހާރު ތީކީ އެއްވެސް އިތުބާރެެއް އޮތް މުއަސަސާއެއް ނޫން ދުވަހަކުވެސް ކަމެއް ނިންމޭތަނެއް ނުފެނޭ ހައްތަހާވެސް ބަލަމުން ދަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑުމުސާރަ ނަގައިގެން ހެއްދެވިހާ ދޮގުހަދަނީ ދެފަހަރު އެކައްޗެއް ނުކިޔާ.



ޓްރެންޑިން