ރާއްޖެއިން އިތުރު 100 ދިވެހިން ޕޮޒިޓިވްވެ މިއަދު ޕޮޒިޓިވްވީ މީހުންގެ ޢަދަދު 124 އަށް އަރައިފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖެއިން ވަނީ 139 މީހަކު ބަލިން ރަނގަޅުވެފައެވެ. މިއާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 3488 އަށް އިތުރުވެފައެވެ.
އެޗްޕީއޭއިން ބުނީ އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 124 މީހަކު ކަމަށެވެ. މީގެ ތެރެއިން 118 މީހަކު ޕޮޒިޓިވް ވެފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 6 މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުގެ ތެރެއިން 100 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވް ވެފައިވަނީ ބަނގްލަދޭޝްގެ 16 މީހަކާއި އިންޑިއާ 3 މީހުންނާއި ނޭޕާލް 2 މީހުންނާއި، ފިލިޕީންސް ގެ މީހަކާއި ޔޫކްރޭން މީހެއްގެ އިތުރުން އޮސްޓްރޭލިއާ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
މިއަދު ބަލިޖެހުނު 124 މީހުންނާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5909 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 163 ދުވަސް ވެފައިވާއިރު ލުއިދިންފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2389 ގައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 97211 ސާމްޕަލް ވަނީ ނަގާފައެވެ.
މިވަގުތު އައިސޮލޭޝަންގައި ތިބީ 1478 މީހުންނެވެ. ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 138 އަށް އަރާފައެވެ. އެޗްޕީއޭއިން ބުނީ 12 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 7 ފަތުރުވެރިންނާއި 13 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ. މިވަގުތު ކޮވިޑް ކޭސް ތަކެއް ފެނުމާއި ގުޅިގެން 18 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ގއ. ހަޑަހާގައި ހިންގަމުންދާ ޕާކް ހަޔަޓް މޯލްޑިވްސް ރިސޯޓުގެ ދެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ. އެޗްއީއޯސީއިން ބުނީ، އެ ރިސޯޓުން ޕޮޒިޓިވް ވެފައި ވަނީ، ދެ ބިދޭސީ މުވައްޒަފުން ކަމަށެވެ. އަދި އެމީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމަށާއި، އެމީހުންގެ އަތުގައި ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.
ބަލީގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިހާތަނަށް 23 މީހަކު ވަނީ ކޯވިޑް-19 ގައި ރާއްޖެއިން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު